ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަވަސްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގެންފި
ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަވަސްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގެންފި

ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާކޮށް ސްޕީޑު އަވަސްކުރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު އެދިވަޑައިގެންފި އެވެ.

ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަވަސްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގެންފި
ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަވަސްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގެންފި

ޕޮލިޓެކްނިކްގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިމާވެފައިވާ ހާލަތާ އެކު މީގެ ކުރިން ފަންނީ ދާއިރާތަކަށް މީހުން ބިނާކުރި ވަރަށްވުރެ އިތުރަށް މިހާރު އެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ހުނަރުވެރި އަދި ފަންނުވެރި ޒުވާނުންގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިއުކޭޝަންގެ ރޮނގުން ރާއްޖޭގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ވެސް އޭނާ ވިދާޅުވި އެވެ.

ވޮކޭޝަނަލް ތަމްރީނުދިނުމުގެ މަސައްކަތް، އޮކްޓޯބަރު 14، 1975 ގައި ފެށީ ވޮކޭޝަނަލް ޓްރެއިނިން އިންސްޓިޓިއުޓް (ވީޓީސީ) ގެ ނަމުގަ އެވެ. އޭރު އެތަނުގެ މަސައްކަތް ބޮޑަށް އަމާޒުކުރީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށެވެ. އޭގެ ފަހުން އެކި ނަން ނަމަށް ބަދަލުވަމުން، މިހާރު ހިންގާ ޕޮލިޓެކްނިކްގެ ނަމުގައި ހުޅުވީ 2010 ވަނަ އަހަރެވެ.

ޕޮލިޓެކްނިކުގައި މިހާރު ވެސް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް 115 ކޯހެއް ހިންގަ އެވެ.