ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް
ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް

ފްލޮރިޑާ (އޮކްޓޯބަރު 13) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުމެވަޑައިގެންފި އެވެ.

ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް
ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް

ފްލޮރިޑާގެ ސެންފޯޑުގައި ބޭއްވި ކެމްޕޭން އެއްވުމަށް އެތައް ހާސް ބަޔަކު ޖަމާވި އެވެ. އިންތިޚާބުގައި ފްލޮރިޑާ އަކީ މުހިންމު ސްޓޭޓެކެވެ.

ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް
ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް

އިންތިޚާބަށް ތިން ހަފުތާ އަށް ވެފައިވާ އިރު ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ފުޅާ ކުރައްވަމުންނެވެ. ސްވިންގް ސްޓޭޓެއް ކަމަށްވާ އޮހާޔޯގައި ބައިޑަން އިއްޔެ ވަނީ ކެމްޕޭން ކުރައްވައިފަ އެވެ.

ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޓްރަމްޕަށް ވުރެ ބައިޑަން އުޅުއްވަނީ 10 ޕޮއިންޓް ކުރީގަ އެވެ. ނަމަވެސް ބައެއް ސްޓޭޓްތަކުގައި ބައިޑަންގެ ލީޑް ހަންޏެވެ. މިސާލަކަށް ފްލޮރިޑާގައި ބައިޑަން ކުރީގައި އުޅުއްވަނީ 3.7 ޕޮއިންޓުންނެވެ. ވައިޓް ހައުސް އަށް ވަޑައިގަތުމަށް އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދުމުގައި ފްލޮރިޑާ އަކީ މުހިންމު ސްޓޭޓެކެވެ. ފްލޮރިޑާގެ ވޯޓު ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހޯދަން ފަސޭހަވާނެ އެވެ. އެހެންވެ ޓްރަމްޕުގެ ކެމްޕޭން ޓީމަށް ގެންދަނީ ފްލޮރިޑާ އަށް ވަރަށް ބޮޑަށް އިސްކަން ދެމުންނެވެ. އެ ސްޓޭޓުގެ ވޯޓު ގެއްލޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަ ނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭން ހަރަކާތްތައް ފްލޮރިޑާގައި މިއަދު ބާއްވާނެ އެވެ.

އެންމެން ފަހުން 2016 ގައި ބޭއްވި އިންތިޚާބުން ވެސް ފްލޮރިޑާ ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. މުޅި އުމުރު ނިއު ޔޯކުގައި ދިރިއުޅުއްވި ނަމަވެސް ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފްލޮރިޑާ އަށް ރައްވެހިކަން ބަދަލު ކުރައްވައިފަ އެވެ.

ޓްރަމްޕް ޕޮޒިޓިވްވެފައި ވަނީ 12 ދުވަސް ކުރިންނެވެ. އެމަނިކުފާނަށް ވަނީ ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް ޓްރަމްޕުގެ ޑޮކްޓަރު ޝޯން ކޯންލީ އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ފަރާތުން އެއްވެސް މީހަކަށް ދެން ބަލި ނުފެތުރޭނެ ކަމަށެވެ. އަދި ހޯމަ ދުވަހު ހެދި ޓްރަމްޕުގެ ކޮވިޑް ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ފްލޮރިޑާގައި ބޭއްވި އެއްވުމުގައި ބައިވެރިވި މީހުންގެ ހުން ޗެކްކޮށް ފޭސް މާސްކް ފޯރުކޮށްދީފައިވެ އެވެ. އެކަމަކު ގިނަ މީހުން ތިބީ މާސްކް ނާޅަ އެވެ.