ވިލާ ކޮލެޖުން އިންޖީނިއަރިންގެ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި
ވިލާ ކޮލެޖުން އިންޖީނިއަރިންގެ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން އިންޖީނިއަރިންގެ ހަތަރު ޕްރޮގްރާމެއް ރޭ ތައާރަފުކޮށްފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި، ފައުންޑޭޝަން އިން އިންޖީނިއަރިން، ބެޗްލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއަރިން، ބެޗްލާ އޮފް މެކޭނިކަލް އިންޖީނިއަރިން އަދި ބެޗެލާ އޮފް މެކަޓްރޯނިކްސް އިންޖީނިއަރިން ކޯސް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިފަދަ ދާއިރާތަކުން ގައުމަށް ހުނަރުވެރިން ވަރަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވިލާ ކޮލެޖުން މިފަދަ ހާއްސަ ޕްރޮގްރާމްތަކެއް ތައާރަފް ކުރުމުގެ ސަބަބުން، އެކަން ވަރަށް ހާއްސަގޮތެއްގައި ފާހަގަ ކުރައްވައިފަ އެވެ. ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ދިވެހި އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ދިވެހި ޒުވާނުންނަށްޓަކައި މިފަދަ ޕްރޮގްރާމްތަކެއް ތައާރަފްވެގެން ދިއުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖު ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން ފަށާ އިންޖީނިއަރިން ޕްރޮގްރާމްތަކުން ދިވެހި ދަރިވަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަލަށް ތައާރަފްކުރި 90 އަށްވުރެ ގިނަ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. އެ ކޯސްތަކަށް އަންނަ ޑިސެމްބަރު މަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.