12 އޮކްޓޯބަރ 2020 - 11:08

ވޮޝިންޓަން (އޮކްޓޯބަރު 12) - އެމެރިކާގެ ރައްޔިތުންނަށް މިހާރު ލިބިފައި ވަނީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ގޮތަށް ބިންގަރާހަށް ވަދެ ފިލާ އޮންނާނެ ރައީސެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފަރުވާ ހޯދުމަށް ފަހު، ޓްރަމްޕުގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ނާރާނެކަމުގެ ޔަގީންކަން ޑޮކްޓަރުން ދިނުމާ އެކު ޓްރަމްޕް ވެސް ވަނީ ދިފާއީ ނިޒާމް ވަރުގަދަވެ އެންޓިބޮޑީސް އިތުރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކެމްޕޭން ހަރަކާތްތައް ޓްރަމްޕަށް މިހާރު ފެއްޓެވިދާނެ ކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.
"އެހެންވީމާ އެމެރިކާގެ ރައްޔިތުންނަށް މިހާރު ލިބިފައި އެވަނީ، ވާދަވެރިޔާ ގޮތަށް ބިންގަރާހަށް ވަދެ ފިލާ އޮންނާނެ ރައީސެއް ނޫން،" ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވެފައިވާ ކަމަށް ވިދާޅުވެ އާދިއްތަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއް، ޓްވިޓާ އިން ވަނީ ނުފެންނަ ގޮތް ހަދައިފަ އެވެ. ޓްވިޓާ އިން ބުނެފައި ވަނީ ޓްރަމްޕުގެ ޓްވީޓުން ނުރައްކާތެރި އަދި އޮޅުން އަރާ މައުލޫމާތު ހާމަވާ ކަމަށެވެ.
ޓްރަމްޕް ވަނީ ހޮނިހިރު ދުވަހުގެ ރޭ ވައިޓް ހައުސްގެ ބެލްކަންޏަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ މުޚާތަބް ކުރައްވައިފަ އެވެ.
އިންތިޚާބަށް 22 ދުވަހަށްވެފައިވާ އިރު ކުރީގައި އުޅޭ ކަމަށް ޚިޔާލު ހޯދުންތަކުން، ދައްކަނީ ޖޯ ބައިޑަން އެވެ.