ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި
ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި

ވޮޝިންޓަން (އޮކްޓޯބަރު 11) - ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަރަންޓީނުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ކެމްޕޭން އެއްވުމެއް ރޭ ބާއްވައިފި އެވެ.

ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި
ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި

އިންތިޚާބުގައި ވޯޓުލާން ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަހަށްވެފައި ވަނިކޮށް، ވައިޓް ހައުސްގެ ބެލްކަންޏަށް ޓްރަމްޕް ނުކުންނަވައި އެތައް ހާސް ސަޕޯޓަރުންނަކާ ވަނީ މުޚާތަބް ކުރައްވައިފަ އެވެ. ޕޮޒިޓިވްވި ނަމަވެސް މިހާރު އެ ބައްޔަށް އެއްވެސް ބޭހެއް ބޭނުން ނުކުރައްވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ޓްރަމްޕް ވިދާޅުވީ "ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު" ކަމަށެވެ. ޓްރަމްޕުގެ ސިއްހީ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވައިޓް ހައުސް އިން ހާމަކޮށްފައެއް ނުވެ އެވެ.

ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި
ކަރަަންޓީނުގައި ހުންނަވައިގެން ވެސް ކެމްޕޭން އެއްވުމެއް ޓްރަމްޕް ބާއްވަވައިފި

ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ އެންމެ ފަހުން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ޕަބްލިކް އެންގޭޖްމަންޓްތަކަށް ޓްރަމްޕް ވަޑައިގެންނެވި ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން 10 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. ޓްރަމްޕް ޕޮޒިޓިވްވި ފަހުން 10 ދުވަސް ހަމަވާނީ ހޮނިހިރު ދުވަހަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ އިވެންޓް އިންތިޒާމްކޮށްފައި ވަނީ "ބްލެކްސިޓް" ކިޔާ ގްރޫޕަކުންނެވެ. އެއީ ކަޅު ނަސްލުގެ މީހުންގެ ތާއީދު ޓްރަމްޕަށް ހޯދުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ.

މާސްކް ނަންގަވައިގެން ހުންނަވައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވީ އަބްރަހަމް ލިންކަން އަށް ފަހު، އެމެރިކާގެ ކަޅު ނަސްލުމުގެ މީހުންނަށް އެންމެ ބޮޑަށް އަޅާލި ރައީސްއަކީ އެމަނިކުފާން ކަމަށެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ މިއީ ކެމްޕޭން އިވެންޓެއް ނޫން ކަމަށެވެ. އެކަމަކު ޓްރަމްޕުގެ ތަގްރީރު އަޑުއަހަން ދިޔަ މީހުން ތިބީ ކެމްޕޭނުގެ ތޮފި އަޅައިގެން އަދި ޓްރަމްޕުގެ އިންތިޚާބުގެ ސްލޯގަން ހިފައިގެންނެވެ.

ކެމްޕޭނުގެ ފޯރިގަދަވާ އިރު، ޚިޔާލު ހޯދުންތަކުން ދައްކަނީ ޓްރަމްޕަށް ވުރެ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ.