ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް

ސޯލް (އޮކްޓޯބަރު 9) - ސައުތު ކޮރެއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އުލްސާންގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.

ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް
ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް

އަލިފާނުގެ ހާދިސާ ހިނގުމާ އެކު އުސް ޓަވަރުން ވަނީ މީހުން ހުސްކޮށްފަ އެވެ. އެކަމަކު ބޯ ދުމުގެ އަސަރުކޮށްގެން 80 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ.

ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް
ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް

ވިޔަފާރި ޔުނިޓްތައް ވެސް ހިމެނޭ އަދި މީހުން ވެސް ދިރިއުޅޭ އިމާރާތެއްގެ ގޮތުގައި ބޭނުންކުރާ ސަމްވަން އާޓް ނޯވޯ އިމާރާތުގައި އަލިފާން ރޯވީ 8 އަދި 12 ވަނަ ބުރިއާ ދެމެދު އެވެ. ނަމަވެސް ވައި ބާރުވުމުގެ ސަބަބުން އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ފެތުރިފަ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ 13 ގަޑިއިރުގެ މަސައްކަތުންނެވެ. އަލިފާން ރޯވި އިމާރާތުގައި 120 ޝޮޕިން ޔުނިޓާއި އެޕާޓްމަންޓް ހުރެ އެވެ.

ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް
ސައުތު ކޮރެއާގެ 33 ބުރި އިމާރާތެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް

މަންޒަރު ދުށް މީހަކު ބުނީ އިމާރާތުގައި އަލިފާން ރޯވީ ކުއްލިއަކަށް ކަމަށެވެ. ކުޑަދޮރުތަކުގެ ބިއްލޫރިތައް ތެޅި ކޮޓަރިތަކުގައި ހުޅު ހިފި ކަމަށް އޭނާ ބުންޏެވެ.

އަލިފާން ރޯވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން ހަމާކޮށްފައެއް ނުވެ އެވެ. އަލިފާނުގެ ހާދިސާ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.