10 އޮކްޓޯބަރ 2020 - 10:38

އަންނަ މަހުގެ ނުވައެއްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" ގެ ޓްރެއިލާއާ އެކު، ބެލުންތެރިން ހެއްވާލައިފި އެވެ.
މިއީ އަކްޝޭގެ ކެރިއަރުގައި އޭނާ އެންމެ ތަފާތު ގޮތަކަށް ފެންނާނެ އެއް ފިލްމެވެ.
"ލަކްޝްމީ ބޮމް" އަކީ ތަމަޅަ ޑައިރެކްޓަރު/އެކްޓަރު ރަގަވާ ލޯރެންސް ގެނެސްދީފައިވާ ހޮރޯ-ކޮމެޑީ ސީރީޒް "ކާންޗަނާ" ގެ ފިލްމުތަކަށް ހަދާފައިވާ އެއްޗެކެވެ. އެ ފިލްމުތަކުގައި ދައްކުވައި ދެނީ ޖިންނި އަވަލުމާއި އެކަމުން ދިމާވާ މަޖާ ހާދިސާތަކެވެ.
"ލަކްޝްމީ ބޮމް" ގައި އަކްޝޭ ފެންނާނީ އެކަހަލަ ކެރެކްޓާއަކުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ތުޝާރު ކަޕޫރާއި މަނޫ ރިޝީ އާއި ރާޖޭޝް ޝަރުމާ އާއި އައިޝާ ރާޒާ މިޝްރާ އާއި ތަރުން އަރޯރާ އާއި އަޝްވިނީ ކަލްސެކަރް ހިމެނެ އެވެ.
"ލަކްޝްމީ ބޮމް" ގެ ޓްރެއިލާ ބަލާފައި ވަރަށް ގިނަ ބަޔަކު އަންނަނީ މިހާރު އަންނަނީ އަކްޝޭ އަށް ތައުރީފު ވެސް ކުރަމުންނެވެ.