07 އޮކްޓޯބަރ 2020 - 23:08

ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި ތިބި ކުދިންތަކަކާއި އެތަނުގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި ފަހުން ޓެސްޓް ހެދިއިރު އެތަނުގެ އަށް ކުއްޖަކާއި ފަސް މުވައްޒަފަކު މިހާރު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެކުރިން ވެސް ފިޔަވަތިން މުވައްޒަފަކު ޕޮޒިޓިވްވި އެވެ. އެކަމާ ގުޅިގެން އޭރު އެތަނުގެ 11 މުވައްޒަފަކާއި 21 ކުއްޖަކު ކަރަންޓީން ވެސް ކުރި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދެވަނަ ފަހަރަށް އިތުރުވާން ފެށުމަށް ފަހު މިިހާރު ވަނީ އަނެއްކާވެސް ދަށްވާން ފަށައިފަ އެވެ. މިއަދު އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވީ 35 މީހުންނެވެ.