30 އޮކްޓޯބަރ 2016 - 12:09

ޕީޕީއެމް އޮފީހުގެ ނަން ބޯޑު ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން މިއަދު ނަގައިފި އެވެ.

ހ. ތެމާގޭގައި ހަދާފައިވާ ޕީޕީއެމް އޮފީހުގައި ނަން ބޯޑު ނެގުމުގެ މަސައްކަތުގައި ތިން މީހުން ހަރަކާތްތެރިވި އެވެ. އެއީ ސިމެންތިން ހަދާފައިވާ ނަން ބޯޑަކަށް ވާތޯ އެ ބޯޑު ނަގާފައިވަނީ، އެ ޕާޓީގެ ނަން ޖަހާފައިވާ އަކުރުތައް ވަކިން ނައްޓުވައިގެންނެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ފެކްޝަންގެ ބޭފުޅުންނަށް އަދިވެސް ޕާޓީގެ އޮފީހަށް ނުވަދެވޭ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާ އަށް ދިއުމުން، ޕީީޕީއެމްގެ އޮފީސް ދޮށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމުގެ މައުލޫމާތު އެނގިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ކަމަށް މައުމޫން ފެކްޝަނުން ބުންޏެވެ.
"ފުލުސް އޮފީހަށް ދިޔައީމަ ބުނީ އެ މީހުން ނުހިފާއްޓަމޭ،" މައުމޫން ފެކްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި ހުރި އެއްޗެހިތައް، އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން ވަނީ މިިދިޔަ ހުކުރު ދުވަހު އެ ފެކްޝަންގެ އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ދަރުބާރުގެއަށް ގެންގޮސްފަ އެވެ.