ކުޅުދުއްފުއްޓާއެކު އިތުރު ފަސް ރަށެއްގެ މޮނީޓަރިންގެ ހާލަތު އުވާލައިފި
ކުޅުދުއްފުއްޓާއެކު އިތުރު ފަސް ރަށެއްގެ މޮނީޓަރިންގެ ހާލަތު އުވާލައިފި

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން އެ ރަށް ހިމެނޭ ގޮތަށް އިއްޔެ މޮނިޓަރިންއަށް ލާފައިވާ އިތުރު ފަސް ރަށެއްގެ މޮނިިޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.

ކުޅުދުއްފުށީގެ އިތުރުން އިއްޔެ ވަނީ އެ އަތޮޅު ކުރިނބީ އާއި ހއ. ބާރަށާއި ހޯރަފުއްޓާއި ދިއްދު އާއި ށ. ފުނަދު މޮނިޓަރިންއަށް ލައި، އެ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފަ އެވެ. އެއީ ޕޮލިސް މީހާ އެ ރަށްތަކަށް ދަތުރުކޮށްފައި ވުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނިގޮތުގައި އެ ރަށްރަށުގެ މޮނީޓަރިންގެ ހާލަތު އުވާލީ، ކޮންޓެކްޓް ޓްރޭސިން ނިމުމުންނެވެ.

ކުޅުދުއްފުށިން މީގެ ކުރިން ވެސް ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން އެ ރަށް ލޮކްޑައުން ކުރި އެވެ. އެކަމަކު އާއްމުންނަށް ނުރައްކާވާ ގޮތަށް އެ ރަށުގައި ބައްޔެއް ނުފެތުރެ އެވެ.