06 އޮކްޓޯބަރ 2020 - 14:51

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތ. އާއި ލ. އަތޮޅު ހިމެނޭ ސެންޓްރަލް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގުޅުން ހިންގަން ހިތްވަރުދީ އަދި ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ މައްސަލައެއް މިދިޔަ މަހު 30 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ 35 އަހަރުގެ ދިވެހި ފިރިހެނެއް ހަޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގްރޫމް ކުރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ގްޜޫމަކުރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.