05 އޮކްޓޯބަރ 2020 - 19:32

މަނީ ލޯންޑަރިންގެ ކުށުގައި އަދީބަށް އިތުރު ފަސް އަހަރާއި 11 މަހުގެ ޖަލު ހުކުމެއް އިއްވައި، އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި
ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގައި އަދީބުގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރާއި 11 މަހަށް ޖަލަށް ލައި، އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައި އަދީބަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައިފި
ޚިޔާނާތުގެ ކުށުގައި އަދީބަށް 2 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގައި އަދީބަށް އިއްވީ ހަ މަހުގެ ޖަލު ހުކުމެއް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހުކުމް އިއްވުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި މިހާރު އެބަ ކުރިއަށް ގެންދެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގަތުމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިހާރު ކުރިއަށް ގެންދަނީ ހުކުމް އިއްވުމާއި އަދަބު ކަނޑައެޅުމެވެ.
ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ އެއް ދައުވާގައި އަދީބު ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ދެންމެ ވަނީ ހުކުމްކޮށްފަ އެވެ.
ދެން ހުރި ދައުވާތަކުގެ ހުކުމް އިއްވުން މިހާރު ދަނީ ކުރިއަށެވެ. ކޮންމެ ދައުވާއެއްގެ ހުކުމް އިއްވަނީ ވަކިވަކިންނެވެ. އަދީބާއި ދައުލަތާ ދެމެދު އެއްބަސްވެފައިވަނީ އެ ހަތް ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ތަފްސީލު އަންނަނީ