އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެ ޓީޒާއެއް ދައްކާލައިފި
އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެ ޓީޒާއެއް ދައްކާލައިފި

ސްކޮޓްލެންޑްގައި މިދިޔަ ހަފުތާގައި ޝޫޓިން ނިންމައިލި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މިހާތަނަށް އަކްޝޭ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ޝޫޓިން ނިންމާލައި، އެންމެ އަވަހަށް ޕޯސްޓަރާއި ޓީޒާ ވެސް ދައްކައިލި ފިލްމެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާގައި ދައްކުވައި ދޭނީ 80 ގެ އަހަރުތަކުގެ ހާދިސާތަކެކެވެ. މީގައި އަކްޝޭ ފެންނާނީ ރޯ އެޖެންޓެއްގެ ރޯލުންނެވެ.

ސްކޮޓްލެންޑްގައި އެއްކޮށް މަންޒަރުތައް ނެގި ފިލްމުގެ ޝޫޓިން އަށް ހޭދަވީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ.

"ބެލް ބޮޓަމް" ގެ ބަތަލާ އަކީ އަކްޝޭއާ އެކު އަލަށް މަސައްކަތްކުރި ވާނީ ކަޕޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ލާރާ ދައްތާ އާއި އާދިލް ހުސައިނާއި ހުމާ ގްރޭޝީ ހިމެނެ އެވެ.

އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ބެލް ބޮޓަމް" އަކީ ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމެކެވެ.