ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި
ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި

ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލްއަށް އެހީތެރިވާން ކަޕްކޭކާއި ފޮނި ކާއެއްޗެހި ވިއްކައިގެން ލައްކައެއްހާ ރުފިޔާ އިއްޔެ ހޯދައިފި އެވެ.

ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި
ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި

ކޭކު އަޅާ 80 ވަރަކަށް މީހުން ބައިވެރިވެގެން "ކޭކް ޑޯނާސް" އިން އިއްޔެ ހިންގި މި ހަރަކާތުގައި ޖުމްލަ 97،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. އެ ހުރިހާ ފައިސާއެއް ވެސް ވަގުތުން ވަނީ ޒާހިލްގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި
ކަޕްކޭކް ވިއްކައިގެން ޒާހިލްއަށް ލައްކައެއްހާ ރުފިޔާ ހޯދައިދީފި

ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް އެހީވާން ކޭކް ޑޯނާސް އިން ކޮންމެ މަހަކު ވެސް މިފަދަ ހަރަކާތެއް ހިންގަ އެވެ. ނަމަވެސް މިއީ މިހާ ގިނަ ފައިސާ އެއްކުރެވުނު ފުރަތަމަ ފަހަރެވެ.

ކުރިން ހިންގި ހަރަކާތްތަކުގައި އާއްމުކޮށް އެއްކުރެވެނީ ބައި ލައްކައެއްހާ ރުފިޔާ އެވެ. އެކަމަކު ދާދި ފަހުން ބޭއްވި ހަރަކާތަކަށް 74،000 ރުފިޔާ ލިބުނެވެ.

ކޭކު ޑޯނާސްގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝެރިން ބުނީ ކަޕްކޭކުގެ އިތުރުން ޗޮކްލެޓް ބޯލް އާއި ޑޯނަޓް ފަދަ އެހެން ފޮނިކާ އެއްޗެހި ވެސް ވިއްކި އެވެ. އަދި އިއްޔެގެ ހަރަކާތުގައި އެހެން ފަހަރުތަކަށް ވުރެ ގިނަ މީހުން ބައިވެރިވެ، އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑު ކަމަށް އޭނާ ބުންޏެވެ.

ހދ. ނެއްލައިދު އަށް އުފަން އުމުރުން 17 އަހަރުގެ އިބްރާހިމް ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ކުއްޖާ އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލަ ވެސް ދިމާވެފަ އެވެ. އޭނާ އަށް ކާން ދެނީ، ހޮޅި ބޭނުންކޮށްގެންނެވެ.

ކައިރި ގައުމަކުން ދާއިމީ ހައްލެއް ލިބެން ނެތުމުން ޒާހިލްގެ އާއިލާއިން މަސައްކަތްކުރަމުން އަންނަނީ ދުރު ހިސާބަކަށް ގޮސްގެން ނަމަވެސް ފަރުވާއެއް ހޯދާށެވެ.

މިކަމަށް އާއްމުންގެ އެހީތެރިކަމަށް އާއިލާއިން އެދުމުން ކޭކު ޑޯނާސް އިން އިސްނެގި އެވެ. އަދި ހިތްހެޔޮ މި ބައިވެރިން އުއްމީދުކުރަނީ އިއްޔެ އެއްކުރެވުނު ފައިސާ އިން ޒާހިލްގެ ފަރުވާއަށް އެހީތެރިވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ހަވާލުކުރުމުން އާއިލާއިން ތިބީ ވަރަށް އުފާވެފައި. އުއްމީދު ކުރަން ޒާހިލަށް އަޅުގަނޑުމެންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދެވުނު ކަމަށް،" ޝެރިން ބުންޏެވެ.