ޖޭމްސް ބޮންޑްގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ އަހަރަށް ފަސްކޮށްފި
ޖޭމްސް ބޮންޑްގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ އަހަރަށް ފަސްކޮށްފި

ކުރިން މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރަން ތާވަލްކޮށް، ކޮވިޑް-19އާ ހެދި މި އަހަރުގެ ނޮވެމްބަރަށް ފަސްކުރި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އެކަން ކަށަވަރުކޮށްދެމުން ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާ އިން ބުނީ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ކަމަށެވެ. މިއީ "ނޯ ޓައިމް ޓު ޑައި" އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން އިއުލާންކުރި ތާރީހަށް ވުރެ އެއް އަހަރުގެ ފަސްވުމެކެވެ. މި އަހަރުގެ އެޕްރީލް 2 ގައި އަޅުވަން ނިންމުމަށް ފަހު، ކޮވިޑާ ހެދި ފަހުން ފިލްމު ފަސްކުރީ އަންނަ މަހުގެ 12 އަށެވެ.

"ނޯ ޓައިމް ޓު ޑައި" އަކީ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމެވެ. އަދި މިއީ އެކްޓަރު ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާ ފަސް ވަނަ އަދި ފަހު ފިލްމެވެ. ފިލްމުގެ ދެ ޓްރެއިލާއެއް ވެސް މިހާތަނަށް ނެރެފައިވެ އެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކެރީ ޖޯޖީ ފުކުންގާ އެވެ.

"ނޯ ޓައިމް ޓު ޑައި" ގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ކްރިސްޓޯފާ ވޯލްޒް، ރާފް، ފިއެނެސް އަދި ޖެފްރީ ރައިޓް ފަދަ ތަރިން ހިމެނެ އެވެ.