04 އޮކްޓޯބަރ 2020 - 08:49

ސްޓާ ޕްލަސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ސީޒަން ދޭއްގެ އާ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
ފުރަތަމަ ޕްރޮމޯގައި ގޯޕީ ބަހޫ (ޑެވޮލީނާ ބަޓަޗަރްޖީ) ގެހެނާއެއްގެ ވާހަކަ ދައްކަ އެވެ. އެހެންވެ އާ ޕްރޮމޯއިން ވަނީ ގެހެނާ އަކީ ކާކުކަން ދައްކާލައިފަ އެވެެ. އެއީ ކޮކީލާބެން މޯދީގެ އާއިލާ އިން ގެންގުޅޭ ޒުވާން އަންހެން ނޯކަރެކެވެ. އާ ޕްރޮމޯއިން އެނގޭ ގޮތުގައި ނޯކަރެއްގެ ހައިސިއްޔަތުން އެހެން ހަރުފަތަކަށް ގެހެނާ ދަތުރުކުރާނެ އެވެ. މިއާ އެކު "ސާތު ނިބާނާ ސާތިޔާ 2" ގައި ގެހެނާ އަކީ ވަރަށް މުހިއްމު ކެރެކްޓާއަކަށް ވާނެ އެވެ. އެކަން އެނގެން ފަށާނީ ސިލްސިލާ ދައްކަން ފެށި އިރަކުންނެވެ.
ދެވަނަ ސީޒަނުން ވެސް ޑެވޮލީނާއާ އެކު ރޫޕަލް ޕަޓޭލް ވެސް ފެނިގެންދާނެ އެވެ. އޭނާ އަކީ ކޮކީލާބެންގެ ރޯލް ފުރަތަމަ ސީޒަނުގައި ވެސް ކުޅުނު ބަތަލާ އެވެ. ނަމަވެސް "ސާތު ނިބާނާ ސާތިޔާ 2" ގެ ބަތަލުގެ ރޯލުން ފެންނާނެ މީހަކު އަދިވެސް ކަށަވަރެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ މި ފަހަރު ވެސް ފެނުމުގެ ފުރުސަތު ބޮޑީ ފުރަތަމަ ބައިގައި ވެސް އެހެމްގެ ރޯލް ކުޅުނު މުހައްމަދު ނާޒިމް ކަމަށެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް މި ގެނެސްދެނީ ފުރަތަމަ ސީޒަން ނިންމައިލިތާ ތިން އަހަރު ފަހުންނެވެ. އެގޮތުން އެ ސިލްސިލާ އަކީ މެއި 3، 2010 އިން ޖުލައި 27، 2017 ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި 2،184 އެޕިސޯޑް ގެނެސްދިނެވެ.
ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަނީ "ސާތު ނިބާނާ 2" ދައްކަން ފަށާނެ އިރަކަށެވެ.