ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް
ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް

ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް
ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް

"މާރަނގަޅު" ގެ ނަމުގައި ދިރާގުގެ 32 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފެށި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 14 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުން "#MaaRangalhu" މި ހޭޝްޓެގް ބޭނުންކޮށްގެން، ދިރާގާއެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ފޭސްބުކް ނުވަތަ ޓްވިޓާ ނުވަތަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރެވޭނެ އެވެ. ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކު ހޮވާނެ އެވެ.

ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް ސެމްސަން ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި ސެމްސަން 64ޖީބީ ސެޑީ ކާޓަކާއި ސެމްސަން ވަޔާލެސް ޗާޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް ޕްލްސްއެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހަކަށް އެޕަލް އެއާ ޕޮޑްސް ޕްރޯ އެއް ހުށަހަޅާފައިވާއިރު ތިންވަނަ އިނާމަކީ އެމޭޒަން އެކޯ ޑޮޓް (3 ޖެން) އެވެ.

ދިރާގުން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އެ ކުންފުނިން ވަނީ އިތުރު ހަލުވިކަމެއް ގެނެސްދީފަ އެވެ. އަމިއްލަ ފަރުދުންގެ މުވާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދުނިޔޭގެ ޗާޓުގައި ރާއްޖެ ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުގެ މުވާސަލާތީ ހިދުމަތްތައް ވަނީ ވެގެން ގޮސްފަ އެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ފަރުމާކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ކުންފުނީގެ ފައިބަ ބްރޯޑްބޭންޑާއި ޕްރީޕެއިޑް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭ ގޮތަށް ޕެކޭޖްތަކަށް ބަދަލު ގެނެސްފަ އެވެ.