01 އޮކްޓޯބަރ 2020 - 15:38

ސްޓެލްކޯ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލް ދެއްކުމުން 1،000ރ. ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި 10 ނަސީބުވެރިއަކު ހޮވާނެ އެވެ. ކޮންމެ ނަސީބުވެރިއަކަށް ވެސް 1،000ރ. ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެންމެ ފަހުގެ ބިލު ނޫން ބިލުތައް ދައްކާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ ކުރީ ކޮޅުގަ އެވެ.
މި ޕްރޮމޯޝަނުގައި ސްޓެލްކޯގެ މިޑްލް މެނޭޖުމަންޓުން މަތީގެ އެއްވެސް މުވައްޒަފަކަށް ބައިވެރި ނުވެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނަކީ ފަސޭހަކަމާ އެކު ބިލުތައް ދައްކައި، ބިލަށް އަރާ ވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭގޮތަށް ތައްޔާރުކޮށްފައިވާ އެެޕްލިކޭޝަނެކެވެ. މި އެޕުން އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޑް ކުރެވޭނެެ އެވެ.
މީގެ އިތުރުން، ފާއިތުވި ހަ މަސް ދުވަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް މި އެޕް މެދުވެރިކޮށް އެނގޭނެ އެވެ. އަދި ކޮންމެ މަހެއްގެ ބިލް އެޕު މެދުވެރިކޮށް ޑައުންލޯޑު ވެސް ކުރެވޭނެ އެވެ.
ސްޓެލްކޯ އެޕް، އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.