28 ސެޕްޓެމްބަރ 2020 - 23:11

ކޮވިޑް-19 އަށް މިއަދު 59 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިން ކަމަށާއި ބިދޭސީންގެ އަދަދަކީ 12 ކަމަށެވެ. އޭގެ ތެރެއިން 54 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،100 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 1،166 މީހެކެވެ. އޭގެ ތެރެއިން 612 މީހަކު ކަރަންޓީން ފެސިލިޓީތަކުގައިި ތިބިއިރު ހޮސްޕިޓަލްތަކުގައި 82 މީހަކު އެބަ ތިއްބެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 8،950 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާއިރު، 34 މީހަކު އެ ބަލީގައި ރާއްޖެއިން ވަނީ މަރުވެފަ އެވެ.