28 ސެޕްޓެމްބަރ 2020 - 14:11

ފާހާނާއަށް ބޭނުންވާ ތަކެތި އުފައްދާ އެންޕޯލޯ ބްރޭންޑުގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

ރިލެކްސް ހޯމްގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނާނީ މާފަންނު ސަހަރާ އިރުމަތީ ފަރާތުގެ ކަންމަތީގަ އެވެ. ތިން ބުރިއަށް ހުންނަ މި ފިހާރައިން އެންޕޯލޯ ބްރޭންޑުގެ ސެނިޓަރީ ވެއާގެ އިތުރުން ފަރުނީޗަރާއި ޓައިލްސް އާއި އިންޓީރިއާ ސާމާނު ވެސް ލިބެން ހުންނާނެ އެވެ.

އެމްޕޯލޯ އަކީ ޖަރުމަނު ކޮލިޓީއަށް ތައްޔާރުކުރާ އުފެއްދުންތަކެކެވެ. މިއީ ކޮލިޓީ ރަނގަޅު، ޒަމާނަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ފާހާނާ ތައްޓާއި ޝަވަ ރޫމާއި ސިންކާއި ބާތު ޓަބު ފަދަ ފާހާނާ އަށް ބޭނުންވާ ހުރިހާ އުފެއްދުމެއް ލިބެން ހުންނާނެ އެވެ.
ރިލެކްސް ހޯމުން ވަނީ އެމްޕޯލޯގެ އުފެއްދުންތައް ޕްރީ އޯޑާ ކުރުމަށް ހުޅުވާލައިފަ އެވެ. އެ ފިހާރައިގެ ފޭސްބުކް ޕޭޖް ނުވަތަ ފޯނު ނަންބަރު 3304774 މެދުވެރިކޮށް މިހާރު ޕްރިއޯޑާ ކުރެވޭނެ އެވެ.
މީގެ އިތުރުން ބޭނުންވާ ތަކެތި ބަލައި ކޮންސަލްޓު ކުރަން ބޭނުންވާ ނަމަ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ވެސް ޕްރިއޯޑާ ކުރެވޭނެ އެވެ.
އެމްޕޯލޯ އަކީ ދުނިޔޭގެ މާކެޓުގައި ވެސް ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ޝޯރޫމްތައް އެމެރިކާ، ދުބާއީ، ސީޝެލްސް، އޮސްޓްރޭލިއާ އަދި ބަންގްލްދޭޝްގައިވެސް ވަނީ ހުޅުވައިފަ އެވެ.