24 ސެޕްޓެމްބަރ 2020 - 14:49

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ފުލުހަށް ހާޒިރުވާން އަންގައި ނަން އާންމުކޮށްފި އެވެ.
އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ޕޮލިހަށް ހާޒިރު ނުކުރެވިގެން އުޅޭ މީހާގެ ނަމަކީ ހަސަން ނިޒާރު އެވެ. އުމުރުން 59 އަހަރުގެ އެ މީހާ އަކީ ތ. ތިމަރަފުށީ މީހެކެވެ.
ފުލުހުން ކުރި އިއުލާނުގައި، އަންނަ މަހު ތިން ވަނަ ދުވަހު އޭނާ ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ފުލުހުން ބުނީ އެ މީހާގެ ނަން ހާމަކުރީ ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގަން އޭނާ އުޅޭ ވަކި ތަނެއް ނޭނގޭތީ، ޗިޓް ހަވާލުނުކުރެވިގެން ކަމަށެވެ.