ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި
ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި

ދެބައިވެފައިވާ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ސަޕޯޓަރުންނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ދެންމެ ހިންގައިފި އެވެ.

ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި
ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި

ޕީޕީއެމް އޮފީސް ހުންނަ ހ. ތެމާ ކައިރި އަށް އެންމެ ފުރަތަމަ އެއްވީ ރައީސް މައުމޫން ފަޅީގައި ތިއްބެވި ބައެއް މެމްބަރުންނެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެ ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ވެސް އެއްވި އެވެ.

ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި
ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި

ޕީޕީއެމްގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ރޭގައި ބަޔަކު ތަޅު އެޅުވީ ފުލުހުން އެ ތަނުގައި ތިއްބާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ވާނީ ހުށަހަޅާފައި ކަމަށާއި ދެ ފަރާތުގެ ބެލުމުގެ ދަށުން ތަން ހުޅުވައިގެން އެ ތަނުގައި ހުރި ހަވާލު ކުރަން ޖެހޭ އެއްޗެއް ހަވާލު ކުރާނެ ކަމަށް، ފުލުހުން ބުނ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި
ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި

"މި ތަނުގައި ހުރި އެއްޗެހި ހުސް ކުރަން އަޅުގަނޑުމެން އެއްބަސްވީ އެންމެން ތިބެގެން، އެހެން ތިއްބާ މިއަދު ބަޔަކު އައިސް ތަޅު ކީހާލައިގެން އެކަން ކުރީ. ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި އެތައް ތަކެއްޗެއް އެބަހުރި. އެ ތަކެތި ހަވާލު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، ކޯޓުތަކުން ހުކުމް ކުރީ ޕާޓީގެ ހިންގުން ހަވާލު ކުރަން، ޕާޓީގެ ހަރުމުދާ ހަވާލު ކުރާކަށް ނާދޭ، ކޯޓު އަމުރެއް އޮންނަން ޖެހޭނެ. ގަވާއިދުން ދާ ކަމަށްވާނަމަ، ކޯޓު އަމުރެއް އޮންނަން ޖެހެ،" ޔުމްނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް އޮފީސް ކައިރިއަށް ޕާޓީ އޮފީހުގައި އެޅުވި ތަޅު ނެއްޓުމަށެވެ. ޕީޕީއެމްގެ އޮފީހުގައި ދެ ފެކްޝަނަށް ނިސްބަތްވާ ސަޕޯޓަރުން ވެސް ތަޅު އެޅުވި ކަމަށްވެ އެވެ. ނަމަވެސް ފަހުން އެ ތަޅު ކީހާލައިގެން އޮފީހަށް ވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.

ނަމަވެސް އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ދެ ފެކްޝަންގެ ސަޕޯޓަރުންގެ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އަދި މައުމޫން ފެކްޝަންގެ ސަޕޯޓަރުންނާ ފުލުހުންނާ މެދު ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.

ފުލުހުން މިހާރު ވަނީ ޕާޓީގެ އޮފީސް ކައިރިއަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ބެރިކޭޑް ޖަހައިފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރު ކުރި އެވެ.

ޕީޕީއެމް އޮފީސް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.