މަރަން ހުކުމްކޮށް އިންޑޮނީޝިއާ ޖަލުގައި ހުރި މީހަކު ނަރުދަމާ ހޮޅިތަކުގެ ތެރެއިން ފިލައިފި
މަރަން ހުކުމްކޮށް އިންޑޮނީޝިއާ ޖަލުގައި ހުރި މީހަކު ނަރުދަމާ ހޮޅިތަކުގެ ތެރެއިން ފިލައިފި

މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށް، އިންޑޮނީޝިއާގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރި ޗައިނާ މީޙަކު ޖަލު ތެރެއިން ކޮނެ ނަރުދަމާ ހޮޅިތަކުގެ ތެރެއިން ގޮސް ފިލައިފި އެވެ.

މި މީހާ ފިލީ މިދިޔަ ހޯމަ ދުވަހު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އޭނާ ފިލަން ވަދެފައިވަނީ ޖަލު ތެރެއިން ކޮނެ، ކައިރި މަގުތަކާ ގުޅޭ ގޮތަށް އަޅާފައި ހުރި ހޮޅިތަކުގެ ތެރެއިންނެވެ.

ފިލި މީހާއާ އެކު ޖަލުގައި އުޅުނު މީހުން ބުނެފައިވަނީ އެ މީހާ ފިލުމުގެ ޕްލޭން ހަދަމުން ގެންދާތާ 5-6 މަސް ވެދާނެ ކަމަށެވެ. އޭނާ ކޮންނަން ބޭނުންކޮށްފައި ވަނީ ޖަލުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކަށް ގެނެސްފައި ހުރި ބައެއް ސާމާނެވެ. ފިލަން ހޮޅިތަކުގެ ތެރެއަށް ވަންނަން ކޮނެފައިވަނި ޖަލުގެ ބަދިގެ ތެރެއިންނެވެ.

އިންޑޮނީޝިއާގެ ޖަލުތަކާ ބެހޭ އިދާރާ އިން ބުނީ އެ މީހާ ފިލީ ޖަލުގެ ޑިއުޓީ ބަދަލުވި ވަގުތު ކަމަށެވެ.

ފިލި މީހާގެ ހިލަމެއް އަދި ނުވެ އެވެ.