1،300 އަށްވުރެ ގިނަ ސާމްޕަލް އިން މިއަދު ޕޮޒިޓިވްވީ 46 މީހުން
1،300 އަށްވުރެ ގިނަ ސާމްޕަލް އިން މިއަދު ޕޮޒިޓިވްވީ 46 މީހުން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1،300 އަށްވުރެ ގިނަ ސާމްޕަލް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 46 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެ އެޖެންސީން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް، 31 ދިވެއްސަކާއި 15 ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 9،770 އަށް އަރާފައި ވެ އެވެ.

ބަލިން 129 މީހަކު ރަނގަޅުވެފައިވާތީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،340 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 96 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މާލޭގެ އިތުރުން މީހުން ދިރިއުޅޭ 22 ރަށެއްގައި ކޮވިޑްގެ ބަލި މީހުން މިވަގުތު ތިބިއިރު 27 ރިސޯޓަކުން 39 މުވައްޒަފަކާއި 16 ޓޫރިސްޓަކަށް ވަނީ ބަލި ޖެހިފަ އެވެ.