21 ސެޕްޓެމްބަރ 2020 - 12:33

އާރުއޯއެލްގެ ފައިބަ ބްރޯޑްބޭންޑު ހިދުމަތް ވިލިމާލޭގައި ދޭން ފަށައިިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ވިލިމާލޭގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ގިގަފައި ހޯމް ފައިބަ އިންޓަނެޓް ޕްލޭންތަކާއި އޮފީސް ފައިބަ ޕްލޭންތަކަށް އެދި http://rol.net.mv މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން އެ ކުންފުނިން ވަނީ ވިލިމާލެ އަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގައި، އަލަށް ގުޅާ ގިގަފައި ހޯމް ފައިބާ ކަނެކްޝަންތައް ހިލޭ ގުޅައިދޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
އާރުއޯއެލް އިން ވަނީ މާލޭގައި އެ ކުންފުނީގެ ފައިބަ ކަނެކްޝަން ހުރި ގެތަކަށް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި މަހުގެ ނިޔަލަށް އޮންނަ މި ޕްރޮމޯޝަންގައި އަލަށް 1،060ރ. ގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށާއި 530ރ. ގެ ޕެކޭޖުގެ ކަނެކްޝަން ރިލޮކޭޓް ކުރާ ނަމަ ހިލޭ ގުޅައިދޭނެ އެވެ.
އާރުއޯއެލްގެ ގިގަފައި ޕެކޭޖުތައް އެކްޓިވޭތް ކުރުމަށް އެ ކުންފުނީގެ ވެބްސައިޓު ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.