ކޮވިޑް-19 މިއަދު 75 މީހަކު ޕޮޒިޓިވް ވެއްޖެ
ކޮވިޑް-19 މިއަދު 75 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 75 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 72 މީހުންނަކީި މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އޭގެ ތެރެއިން 22 މީހުންނަކީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެހެންވެ، މިއީ ފަހުގެ ތާރީޚެއްގައި ދިވެހިން އެންމެ މަދުން ޕޮޒިޓިވްވި ދުވަހެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8،200 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިވަގުތު ފަރުވާ ދެމުން ދަނީ 1،421 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެނީ 107 މީހަކަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެވަނަ ފަހަރަށް ކުއްލިއަކަށް އިތުރުވާން ފެށުމުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމުން އަނެއްކާވެސް ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށައިފަ އެވެ.