16 ސެޕްޓެމްބަރ 2020 - 21:43

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، މާލޭގެ ގެއެއް ބަލައި ފާސްކޮށް ހަތް މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި 19 އަހަރާއި 21 އަހަރާއި 22 އަހަރާއި 25 އަހަރާއި 27 އަހަރު އަދި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކުރިއިރު އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާ ބޭހުގެ 255 ގުޅަ އާއި ބަނގުރާ ފުޅިއެއް ފެނިފައި ވެ އެވެ. އޭގެ އިތުރުން އެ ގެއިން 17،150ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.