27 އޮކްޓޯބަރ 2016 - 16:48

ސެން ފްރެންސިސްކޯ (އޮކްޓޯބަރު 27) - ޕެސިފިކް ކަނޑު އެންމެ އަވަހަށް ހުރަސްކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަން ނުކުތް ޗައިނާގެ ދަތުރުވެރިޔާގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

ގުއޯ ޗުއާން ނަމަކަށް ކިޔާ މީހާ ބޭނުންވީ ސެން ފްރެންސިސްކޯ އިން ޝެންހާއީ އަށް 20 ދުވަސް ތެރޭ ދަތުރު ކުރުމަށެވެ. މިހާރުގެ ރެކޯޑަކީ 21 ދުވަހެވެ.

އެމެރިކާގެ ގޯސްޓް ގާޑުން ވަނީ ޗުއާން ހޯދުމަށް ހަވާއީގެ ކަނޑުގެ ސަރަހައްދު ބަލައިފަ އެވެ. އެ ސަރަހައްދުން ވަނީ ޗުއާންގެ ބޯޓު ފެނިފަ އެވެ. ނަމަވެސް ބޯޓުގައި އޭނާއެއް ނެތެވެ. އަދި މީހުން ސަލާމަތް ކުރާ ޓީމުން ޔޮޓަށް އަރާ ބެލިއިރު އޭނާގެ ލައިފްޖެކެޓް ވެސް އޭގައި އޮތެވެ.
ޗުއާން އަކީ ޗައިނާގައި މަޝްހޫރު ދަތުރުވެރިއެކެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ދުނިޔެ ފަށާ ދަތުރުކުރި ޗައިނާގެ ފުރަތަމަ މީހާގެ ޝަރަފް ހޯދައިފަ އެވެ. ޕެސިފިކް ހުރަސްކުރަން ޗުއާން ސެން ފްރެންސިސްކޯ އިން ދަތުރުކުރަށް ފެށީ މި މަހު 18 ވަނަ ދުވަހު އެވެ. އޭނާ ދަތުރުކުރީ 97 ފޫޓު ޔޮޓެއްގަ އެވެ. ސަޕޯޓް ޓީމަށް ޗުއާންއާ ގުޅުން ކެނޑުނީ އަންގާރަ ދުވަހު އެވެ. ޗުއާންއާ ގުޅުން ކެނޑުމާ އެކު އޭނާ ހޯދަން ވަނީ މަތިންދާ ބޯޓެއް ފޮނުވައިފަ އެވެ. ހަވާއީގެ ބޭރުން ވަނީ 600 މޭލުގެ ސަރަހައްދެއް ވައިގެ މަގުން ބަލައިފަ އެވެ.