"އެންޖެލް ހޭޒް ފޯލެން" ގައި ވެސް ޖެރަޑް ބަޓްލާ
"އެންޖެލް ހޭޒް ފޯލެން" ގައި ވެސް ޖެރަޑް ބަޓްލާ

އެމެރިކާގެ ރައީސްގެ ހިމާޔަތަށް މަސައްކަތްކުރާ ސީކްރެޓް ސާވިސް އެޖެންޓް މައިކް ބެނިންގެ ރޯލް އެކްޓަރު ޖެރަޑް ބަޓްލާ އަދާކުރަމުން އަންނަ ސީރީޒްގެ ތިން ވަނަ ފިލްމަށް ވެސް އޭނާ ސޮއިކޮށްފި އެވެ.

މިލީނިއަމް ފިލްމްސް އުފައްދަމުން އަންނަ މި ސީރީޒްގެ ތިން ވަނަ ފިލްމަށް ނަން ދީފައި ވަނީ ރައީސްގެ ރަސްމީ މަތިންދާބޯޓް އެއާފޯސް ވަން އަށް ދީފައިވާ ކޯޑް ނަން އެންޖެލް އާ ގުޅުވައިގެންނެވެ. އެހެންވެ މި ފަހަރު ފިލްމުގެ ނަމަކީ "އެންޖެލް ހޭޒް ފޯލެން" އެވެ.

މިއީ މި އަހަރުގެ މާޗް މަހު ރިލީޒް ކުރި "ލަންޑަން ހޭޒް ފޯލެން" އާއި 2013 ގައި ރިލީޒް ކުރި "އޮލިމްޕަސް ހޭޒް ފޯލެން" ގެ ތިން ވަނަ ފިލްމެވެ.

"އެންޖެލް ހޭޒް ފޯލެން" ޕްރޮޑިއުސް ކުރަނީ ޖެރަޑް އާއި އެލަން ސިއެގަލް އާއި މާކް ގިލް، ޖޯން ތޮމްޕްސަން އަދި މެޓް އޯ. ޓޫލޭ ގުޅިގެންނެވެ.

މި ފަހަރު ވެސް ފިލްމުގެ ސްކްރީމްޕްލޭ ލިޔަނީގެ މީގެ ޕްލޮޓްލައިން ރާވައިގެން ކުރިއަށް ގެންދާ ކްރެއިޓަން ރޮތެންބާގާ އާއި ކެޓްރިކް ބެނެޑިކްޓެވެ.

އެހެން ނަމަވެސް "އެންޖެން ހޭޒް ފޯލެން" ޑައިރެކްޓް ކުރާނެ މީހަކު އަދި ހަމައެއް ނުޖައްސަ އެވެ. ކުރީގެ ދެ ފިލްމް ޑައިރެކްޓް ކުރީ އެންޓޮނީ ފުގްއާ އެވެ.

މި ފިލްމުތަކުގައި އެމެރިކާގެ ރައީސްގެ ރޯލް އަދާ ކުރަނީ އާރަން އެކާޓް އެވެ. އަދި ވައިޓް ހައުސްގެ ތަރުޖަމާންގެ ރޯލުން މަޝްހޫރު އެކްޓަރު މޯގަން ފްރީމަން ވެސް ފެނިގެން ދެ އެވެ.

ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.