އަމިއްލަ ޖީބުން ކެމްޕޭނަށް 100 މިލިއަން ޑޮލަރު ޚަރަދު ކުރާނަން: ޓްރަމްޕް
އަމިއްލަ ޖީބުން ކެމްޕޭނަށް 100 މިލިއަން ޑޮލަރު ޚަރަދު ކުރާނަން: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 27) - އިންތިޚާބުގެ ފަހު ދުވަހާ ހަމައަށް އަމިއްލަ ޖީބުން ކެމްޕޭނަށް 100 މިލިއަން ޑޮލަރު ޚަރަދު ކުރަައްވާނެ ކަމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ކެމްޕޭނަށް 100 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައި. އެއަށް ވުރެ ގިނައިން ވެސް ހޭދަކުރަން މިހުރީ ތައްޔާރަށް،" ވޮޝިންޓަނުގައި ހުޅުވި ޓްރަމްޕުގެ އާ ހޮޓަލުގައި ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ފެޑެރަލް އިލެކްޝަން ކޮމިޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް ކެމްޕޭނަށް ޓްރަމްޕް ޙޭދަ ކުރައްވާފައި ވަނީ 56 މިލިއަން ޑޮލަރެވެ. މި މަހު 1-19 އަށް ކުރި ޚަރަދުތަކުގެ ތަފްސީލް ހާމަކުރާނީ މިއަދު އެވެ.

ކެމްޕޭނަށް ފައިސާ ހޯދުމުގައި ޓްރަމްޕަށް ވުރެ ކުރީގައި އުޅުއްވަނީ ހިލަރީ ކްލިންޓަނެވެ. އެކަމަނާގެ ކެމްޕޭން ޖޫން މަހު ފެއްޓެވީ ވެސް 42 މިލިއަން ޑޮލަރާ އެކު އެވެ. އެކަމަކު ޓްރަމްޕުގެ ކެމްޕޭނަށް ޚަރަދު ކުރަން އޭރު ހުރީ 1.3 މިލިއަން ޑޮލަރެވެ.

ޓްރަމްޕް ކުރިން ވެސް ވިދާޅުވެފައި ވަނީ ކެމްޕޭނަށް ފައިސާ ހޯދަން އޭނާ ފަންޑު ހޯދަން އެހެން މީހުން ކައިރި އަށް ނުދާނެ ކަމަށާއި ހުރިހާ ޚަރަދެއް ކުރާނީ އަމިއްލަ ޖީބުން ކަމަށެވެ.