ޗުއްޓީ ދަތުރެއްގައި ދީޕިކާ ޕަދުކޯން ރާއްޖެ އަތުވެއްޖެ
ޗުއްޓީ ދަތުރެއްގައި ދީޕިކާ ޕަދުކޯން ރާއްޖެ އަތުވެއްޖެ

ޗުއްޓީ ދަތުރެއްގައި ހިންދީ ފިލްމީ ބަތަލާ ދީޕިކާ ޕަދުކޯން މިއަދު މެންދުރު ރާއްޖެ އަތުވެއްޖެ އެވެ. ދީޕިކާއާ އެކު އޭނާގެ މަންމަ އާއި އާއިލާގެ ބައެއް މެމްބަރުން ވެސް ތިއްބެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ދީޕިކާ ނުކުމެގެން ވެހިކަލަށް އަރަނިކޮށް ވަނީ ފެނިފަ އެވެ.

ބެލެވޭ ގޮތުގައި ދީޕިކާ ރާއްޖެ މިއައީ އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭނާގެ އާ ފިލްމް "ޕަދްމާވަތީ" ފެށުމުގެ ކުރިން ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށެވެ.

ޕަދްމާވަތީގައި ދީޕިކާއާ އެކު ދެން ހަރަކާތްތެރިވާނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރެވެ.

ދީޕިކާ ރާއްޖޭގައި ހުންނަ ރިސޯޓެއް އަދި ހުންނަ މުއްދަތެއް އަދި ނޭނގެ އެވެ.