ކޮވިޑަށް އިތުރު 93 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑަށް އިތުރު 93 މީހަކު ޕޮޒިޓިވްވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 93 މީހަކަށް ކޮވިޑް ޖެހިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 67 ދިވެއްސަކާއި 26 ބިދޭސީއަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 8،834 އަށް އެރީ އެވެ.

މާލެ ސަރަހައްދުން 86 މީހަކަށް ކޮވިޑް ޖެހުނުއިރު، މީހުން ދިރިއުޅޭ ހަތް ރަށަކާއި ރިސޯޓުން ވެސް ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ.

އެ ބަލި ޖެހުނު މީހުންގެ ތެރެއިން 6،288 މީހަކު ރަނގަޅުވެފައިވާއިރު ކޮވިޑުގައި 31 މީހަކު މަރުވެފައި ވެ އެވެ. އެހެންވެ މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 2،509 ގަ އެވެ. ފާއިތުވު 24 ގަޑިއިރު 40 މީހަކު ބަލިން ފަސޭހަވެފައި ވެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ ދަށްވާން ފަށައިފަ އެވެ. ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން އަންނަނީ 127 މީހަކަށެވެ.

މީހުން ދިރިއުޅޭ 25 ރަށަކާއި 21 ރިސޯޓަކުން 48 މުވައްޒަފަކާއި 17 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.