ޓީވީގެ ޑިޖިޓަލް ނެޓްވޯކް ގާއިމްކުރަން ޖަޕާނުން 415 މިލިއަން ރުފިޔާ ދީފި
ޓީވީގެ ޑިޖިޓަލް ނެޓްވޯކް ގާއިމްކުރަން ޖަޕާނުން 415 މިލިއަން ރުފިޔާ ދީފި

ޖަޕާނުގައި ޓެރެސްޓްރިއަލްކޮށް ޓީވީގެ ހިދުމަތް ދޭން ބޭނުންކުރާ އައިއެސްޑީބީޓީ ނެޓްވޯކް ރާއްޖޭގައި ތަރައްގީކުރަން 415 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ޖަޕާން އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީކުރަން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އާއި ޖަޕާން ސަފީރު ކަޒުމީ އެންޑޫއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެމްބަސީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ބޭނުމަކީ ޖަޕާނުގައި ބޭނުންކުރާ އައިއެސްޑީބީޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޅި ރާއްޖެއަށް ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ހިދުމަތް ދޭން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި އެ އެއްޗެހި ހަރުކޮށްދީ އަދި އެކަމަށް ބޭނުންވާ އެންޓަނާތައް ޖަހައިދީ ނެޓްވޯކްގެ އޮޕަރޭޝަން ސެންޓަރުގެ ސިސްޓަމްތައް ގާއިމުކޮށްދިނުން ވެސް ހިމެނޭ ކަމަށް ޖަޕާނު އެމްބަސީން ބުންޏެވެ.

އެ އެމްބަސީން ބުނީ ރާއްޖެއަށް އެ ނެޓްވޯކްގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޓީވީގެ ހިދުމަތް ފޮރުކޮށްދޭން މަގުފަހިވެގެންދާނެ ކަމަށެވެ.