ކަންގަނާ ރަނާވަތުގެ މުމްބާއީ އޮފީހުގެ ބައެއް ތަންތަން ބީއެމްސީން ތަޅާލައިފި
ކަންގަނާ ރަނާވަތުގެ މުމްބާއީ އޮފީހުގެ ބައެއް ތަންތަން ބީއެމްސީން ތަޅާލައިފި

މުމްބާއީ އަކީ ކަޝްމީރު ފަދަ ނުރައްކާތެރި ތަނެއް ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު ދެއްކި ވާހަކަތަކެއްގެ މައްސަލަ ހޫނުވެ، އޭނާ މުމްބާއީން ބޭރުކުރަން ގޮވާލަމުން ދަނިކޮށް މުމްބާއީގެ ޕާލީ ހިލްގައި ހުންނަ ކަންގަނާގެ އޮފީސް އިމާރާތުގެ ބައެއް ތަންތަން އުސޫލުތަކާ ހިލާފަށް ހަދާފައިވާ ކަމަށް ބުނެ ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އެތަން އިއްޔެ ތަޅާލައިފި އެވެ.

ކަންގަނާ ވަނީ އެ މަންޒަރު ފެންނަ ފޮޓޯތަކާ އެކު ބީއެމްސީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އިދިކޮޅު ޝިވް ސެނާ ޕާޓީގެ ލީޑަރު އުދަވް ތަކެތީ ޗީފް މިނިސްޓަރުގެ މަގާމު އަދާކުރައްވާ މުމްބާއީން މިހާރު ފެންނަމުން ދަނީ ޑިމޮކްރަސީއާ ހިލާފު އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ.

ކަންގަނާގެ އޮފީސް އިމާރާތުގެ ބައެއް ތަޅައިލަން ނިންމައި އެކަމުގެ ނޯޓިސް ފޮނުވި އިރު ކަންގަނާ ހުރީ އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ސްޓޭޓްގެ މަނާލީގަ އެވެ. އޭނާ މި ވަގުތު ހުރީ މުމްބާއީ އަށް ދިއުމުފެ ދަތުރުމަތީގަ އެވެ. ކަންގަނާ އަށް ބީއެމްސީން ފޮނުވި ނޯޓިގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަން 24 ގަޑިއިރުގެ ތެރޭގައި ހުސްނުކުރާ ނަމަ ބުދަ ދުވަހު ހެނދުނު އެތަންތގަން ތަަޅައިލާނެ ކަމަށެވެ. ބީއެމްސީގެ ނޯޓިހާ އެއްގޮތަށް އަމަކުކުރުން ހުއްޓުވަން ކޯޓް އަމުރަކަށް ވެސް އެދުނެވެ. އެކަމަކު އެ ފުރުސަތެއް ނުލިބުނެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާގެ އިމާރާތުގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއްކޮށްފައެއް ނުވާނެ އެވެ. އަދި މިކަން ކުރީ އޭނާ ދެކެ ރުޅި އަންނަ ބަޔަކު ހަސަދަ ފިލުވައިލަން ސިޔާސީ ގޮތުން ރާވައިގެން ކަމަށް ބުންޏެވެ.

ކަންގަނާ އަކީ ވެރިކަންކުރާ ބީޖޭޕީ އަށް ވަރަށް ތާއީދުކުރާ ބަތަލާއެކެވެ. މުމްބާއީއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ބީޖޭޕީ އާއި ޝިވް ސެނާއާ ދެމެދު ވެސް މިހާރު ވަނޫ މައްސަލަތައް ހޫނުވެފަ އެވެ. އެގޮތުން ކަންގަނާ މުމްބާއީން ބޭރުކުރަން ޝިވް ސެނާ އިްނ ގޮވައިލަމުންދާ އިރު، އެ ޕާޓީގެ ސަޕޯޓަރުން ވެސް ނުކުމެ ކަންގަނާއާ ދެކޮޅަަށް ދަނީ މުޒާހަރާ ކުރަމުންނެވެ.

ކެރިއަރުގެ ކުރީކޮޅުގައި ޑްރަގް އެޑިކްޓެއް ކަމަށް ބުނެ ދާދި ފަހުން އިންޓަވިއުއެއް ވެސް ދިން ކަންގަނާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

މި ވަގުތު ހިމާޗަލް ޕްރަދޭޝްގެ މަނާލީން މުމްބާއީ އަށް ދިއުމުގެ ދަތުރުމަތީގައި ހުރި ކަންގަނާ މުމްބާއީ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޝިވް ސޭނާ ޕާޓީގެ އިސް އޮފިޝަލުންތަކެއް ވަނީ މުމްބާއީ އަށް ދެން ކަންގަނާ ނޭރުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެ ޕާޓީގެ ސަޕޯޓުންތަކެއް ދަނީ ކަންގަނާއާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ.

މުމްބާއީގައި ބާރު އޮންނަ ޝިވް ސެނާ އިން ކަންގަނާ ދިމާކޮށްފައިވާ އިރު، ކަންގަނާއާ ގުޅުން ހުރި ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މިކަމެއް ތިލަވީ ކަންގަނާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު އަދިޔަޔަން ސުމަން ކުރިން ދީފައިވާ އިންޓަވިއުއަކާ ގުޅިގެންނެވެ. އޭގައި ބުނެފައި ވަނީ ކަންގަނާ އަކީ މަސްތުވާތަކެތި ޓްރެފިކްކޮށް. އެ ބޭނުން ވެސް ކުރާ މީހެއް ކަމަށެވެ.

މިކަމާ ގުޅުވައިގެން ފަށާ ތަހުގީގަށް އިޝާރާތްކޮށް ކަންގަނާ ބުނީ މަސްތުވާތަކެތީގެ ވިޔަފާރި އޭނާކުރާ ކަމަށް ސާތިބުވެއޖެ ނަމަ މުމްބާއީ ދޫކޮށްލަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.