ފިލި ބިދޭސީން އަދިވެސް ނުފެނޭ
ފިލި ބިދޭސީން އަދިވެސް ނުފެނޭ

ކަރަންޓީނުން 11 ބިދޭސީން ފިލިތާ ހަފްތާއެއް ވެފައިވާއިރު އެ މީހުން އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ބިދޭސީންތައް ފިލައިގެން އެ މީހުން ހޯދުމަށް ފޮޓޯ އާއި ޕާސްޕޯޓް ނަމްބަރާ އެކު ފުލުހުން އާންމު ކުރީ މިމަހު 1 ގަ އެވެ. ފުލުހުން ބުނީ އެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބައެއް ކަމަށާއި އެ މީހުން ވަނީ އެކި ކަރަންޓީން ފެސިލިޓީތަކުން ފިލާފައި ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުން އަންނަނީ އެ މީހުން ގައުމަށް ފޮނުވުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

- ރޮޕަކް ކުރި، ލަކްސްމިފޫރު (BM0938722)

- ބައުޗް، ކޮމިއްލަ (BR0872347)

- އެމްޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރު (BH0071524)

- އެމްޑީ މިލޮން ޝެކް، ޖެނައިޑާހް (BX0843257)

- ސުމޮން އަހްމަދު (BX0876943)

- ރަބް، ކޮމިއްލަ (BE0857437)

- މުހައްމަދު ރުބެލް މިއަހް، ކޮމިއްލަ (BE0329984)

- މަަޒުނު ޕްރަމަނިކް، ރަޖްބަރީ (BJ0081953)

- އެމްޑީ ޝާހާ އަލީ، ރަޖްބަރީ (BM0067339)

- ހޯކޮން މާލިކު، ޗަންދުޕޫރު (BX0536661)

- ޝަހާދަތު ހޮސެއިން، ޗަންދުޕޫރު (BE0524543)

އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9631696 އަށް ގުޅައި، އެކަން ފުލުހުންނަށް އަންގަން އެ އިދާރާ އިން އެދިފައިވެ އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 8،667 މީހުންގެ ތެރެއިން 2،460 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

މީގެ ކުރިން ވެސް ކަރަންޓީނުން ފިލި ބިދޭސީންތަކެއްގެ މައްސަލައެއް ފެންމަތިވެފައިވާއިރު، އެމީހުން ވެސް ފެނިފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު ތޮއްޖެހިގެން ބިދޭސީން އުޅެމުން އަންނަ ތަންތަނުން ބިދޭސީން ބަދަލުކުރުމާއި، ގަވާިއދާ ހިލާފަށް އުޅެމުން އަންނަ މީހުން އަނބުރާ ފޮނުވުމުގެ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. އެގޮތުން 2،000އެއްހާ ބިދޭސީން މިހާރު ވެސް ވަނީ ގައުމަށް ފޮނުވާލައިފަ އެވެ.