07 ސެޕްޓެމްބަރ 2020 - 23:23

ތ.ގުރައިދޫ ޖެޓީމަތިން އެ ރަށު ފަޅުތެރެއަށް ވެއްޓި، މިރޭ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 8:45 ކަންހާއިރު، ގުރައިދޫ ޖެޓީއާ ދިމާލުން ފަޅުތެެރެއަށް ވެއްޓުނު އުމުރުން 84 އަހަރުގެ މީހަކު މަރުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ މަރުވީ ގުރައިދޫ ހެލްތު ސެންޓަރުގައި ފަރުވާދެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. ފުލުުހުން ބުނީ ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަަމަށެވެ.