ރޮހިންގްޔާގެ 297 ރެފިއުޖީއަކު ކަނޑުމަތީ ތިބޭތާ ހަ މަސް ފަހުން އިންޑޮނީޝިއާ އަށް
ރޮހިންގްޔާގެ 297 ރެފިއުޖީއަކު ކަނޑުމަތީ ތިބޭތާ ހަ މަސް ފަހުން އިންޑޮނީޝިއާ އަށް

މިއަންމާގައި އަނިޔާ ލިބެމުންދާ ރޮހިންގްޔާގެ 297 ރެފިއުޖީއަކު ކަނޑުމަތީގައި ތިބޭތާ ހަ މަސް ފަހުން އިންޑޮނީޝިއާގެ މަސްވެރިންގެ ބަޔަކަށް ފެނިގެން އެ ގައުމަށް އިއްޔެ ބާލައިފި އެވެ.

ރޮހިންގްޔާގެ 297 ރެފިއުޖީއަކު ކަނޑުމަތީ ތިބޭތާ ހަ މަސް ފަހުން އިންޑޮނީޝިއާ އަށް
ރޮހިންގްޔާގެ 297 ރެފިއުޖީއަކު ކަނޑުމަތީ ތިބޭތާ ހަ މަސް ފަހުން އިންޑޮނީޝިއާ އަށް

ފުލުހުން ބުނީ މި މީހުން ފެނިފައިވަނީ ސުމަޓްރާގެ އުތުރުން އެތައް މޭލެއް ބޭރުގައި، ލަކުޑި ބޯޓެއްގައި ތިއްބާ ކަމަށެވެ. މި ބޯޓުގައި 14 ކުޑަކުދިން ވެސް ތިއްބެވެ.

މިއަންމާ ސަރުކާރުގެ އަނިޔާވެރިކަމާ ހުރެ، ރޮހިންގްޔާގެ އެތައް ބަޔަކު ދެކުނު އިރުމަތީ އޭޝިއާގެ އެކި ގައުމުތަކަށް މީގެ ކުރިން ވެސް ގޮސްފައިވެ އެވެ. އެކަމަކު އިންޑޮނީޝިއާ އަށް މިފަހަރު ދިޔަހާ ގިނައިން 2015 ގެ ފަހުން އެއްވެސް ގައުމަކަށް ރޮހިންގްޔާ މީހުން ގޮސްފައެއް ނުވެ އެވެ.

ރޮހިންގްޔާ ރެފިއުޖީންނަށް އެހީވުމަށް ހިންގާ އަމިއްލަ ޖަމާއަތެއް ކަމަށްވާ އަރަކަން ޕްރޮޖެކްޓުގެ ޑިރެކްޓަރު ކްރިސް ލީވާ ވިދާޅުވީ މިއީ ބަންގްލާދޭޝްގެ ދެކުނު ހިސާބަކުން މެލޭޝިއާ އަށް ދާން ދަތުރު ފެށި ރެފިއުޖީންގެ ބަޔަކު ކަމަށެވެ. އެ މީހުން ދަތުރު ފެށީ މާޗް ފަހުކޮޅު ނުވަތަ އޭޕްރީލް މަހު ކަމަށާއި އެކަމަކު މެލޭޝިއާ އާއި ތައިލެންޑުން ވެސް މި ރެފިއުޖީންނަށް އެއްވެސް ފުރުސަތެއް ނުދީ ފޮނުވާލީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އޭރު އަޅާފައިވާ ހުރި ފިޔަވަޅުތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އދ.ގެ ރެފިއުޖީ އެޖެންސީގެ ކޯޑިނޭޓަރު އޮކްޓިނާ ވިދާޅުވީ ބޯޓުގައި ތިބި މީހުންގެ ހާލު ދެރަ ކަމަށެވެ. އަދި އެކަކަށް އިމަޖެންސީގައި ފަރުވާދޭން ޖެހިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އާންމުން ނުކުމެ، ރެފިއުޖީންނަށް ކާނާ އާއި އަންނައުނު ދީ މިހާރު އަންނަނީ އެހީތެރިކަން ދެމުންނެވެ.