ޑިމާންޑު ބޮޑުވެ ރެޑްވޭވުން ޓްރެޑްމިލްގެ އާ ސްޓޮކެއް ގެނެސްފި
ޑިމާންޑު ބޮޑުވެ ރެޑްވޭވުން ޓްރެޑްމިލްގެ އާ ސްޓޮކެއް ގެނެސްފި

ޓްރެޑްމިލް އަށް ތަރުހީބު ބޮޑުވެ އޭގެ އާ ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

ރެޑްވޭވުން ބުނި ގޮތުގައި އެ ކުންފުނިން ވިއްކަމުން އަންނަ ޓްރެޑްމިލްތަކަށް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކުރި ފަހުންނެވެ. އަދި ސްޓޮކް ހުސްވުމާ ގުޅިގެން ގިނަ ބަޔަކު ޓްރެޑް މިލްގެ އާ ސްޓޮކެއް ގެނެސް ދިނުމަށް އެދިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރެޑްވޭވުން ބުނި ގޮތުގައި ގިނަ ބަޔަކު ވަނީ ޓްރެޑްމިލް ޕްރީ އޯޑާ ވެސް ކޮށްފަ އެވެ.

އާ ސްޓޮކުގައި ޓްރެޑްމިލްތަކުގެ ތިން ސައިޒެއް ގެނެސްފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ. އަދި މިއީ މިހާރު ރާއްޖޭގެ މާކެޓުގައި އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނެ ޓްރެޑްމިލްތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.