ދެ މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލައިފި
ދެ މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލައިފި

ސްރީ ލަންކާ ބޭރުގައި އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާން ރޯވި ދެ މިލިއަން ފީފާ ހުރި ތެޔޮ ޓޭންކަރުން އަލިފާން ނިއްވާލެވިއްޖެ ކަމަށް ލަންކާގެ ކަނޑުގެ ސިފައިން އިއުލާނުކޮށްފި އެވެ.

ދެ މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލައިފި
ދެ މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލައިފި

"ޓޭންކަރުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލެވިފައި. އެކަމަކު އަލުން ރޯވެދާނެ ކަމަށް ބަލައި މިހާރު ވެސް ގެންދަނީ ފެން ޖަހަމުން،" ކެޕްޓަން އިންދިކާ ޑި ސިލްވާ ރޮއިޓާސް އަށް ވިދާޅުވި އެވެ.

"ނިއު ޑަޔަމަންޑް" ރޯވީ ސާފު ނުކުރާ ދެ މިލިއަން ފީފާގެ ތެލާ އެކު ކުވައިތުން އިންޑިއާ އަށް ދަތުރުކުރަނިކޮށެވެ. އިންޖީން ރޫމުގައި ބޮއިލަރެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނު ރޫމުން ބޭރަށް އަލިފާންގަނޑު ފެތުރި ބޯޓުގެ ބްރިޖާ ހިސާބަށް ވެސް ފެތުރުނީ އެވެ.

އަލިފާން ނިއްވުމުގައި އިންޑިއާ ސިފައިންނާއި ލަންކާ ސިފައިންގެ އިތުރުން ލަންކާގައި އޮތް ރަޝިޔާގެ މަނަވަރަކުން ވެސް ބައިވެރިވި އެވެ. އަދި ބޯޓުން ތެޔޮ ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަމަ އެކަމަށް ވެސް ދިޔައީ ތައްޔާރީތައް ވަމުންނެވެ.

އިންޑިއާ ކޯސްޓް ގާޑުން ކުރި ޓްވީޓެއްގައި ބުނީ އަލިފާނުގެ އަސަރު މިހާރު ޓޭންކަރުން ނުފެންނަ ކަމަށެވެ.

"އިންޑިއާ ސިފައިން އަދި ސްރީ ލަންކާގެ މަނަވަރުތަކާއި ޓަގްތަކާއި އެއާކްރާފްޓްތައް ގުޅިގެން ކުރި މަސައްކަތުން އަލިފާން ވަނީ ނިއްވާލެވިފައި ކަމަށް މިހާރު ބެލެވޭ. އަލިފާނެއް ދުމެއް ވެސް މިހާރު ނުފެނޭ،" ކޯސްޓް ގާޑުގެ ޓްވީޓްގައިވެ އެވެ.

އިންޑިއާ ސިފައިން ވެސް ބުނީ އަލިފާން ނިވިފައި ވިޔަސް ޓޭންކަރު ފިނިކޮށް، އަލުން އަލިފާން ރޯވިޔަ ނުދޭން ފެން ޖަހަމުން ގެންދާ ކަމަށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ޓޭންކަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިލިޕިންސް ފަޅުވެރިޔަކު ވަނީ މަރުވެފަ އެވެ. ދެން ތިބި 22 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީކް މީހުންގެ އިތުރުން ފިލިޕިންސް 17 މީހެކެވެ.

ދިގުމިނުގައި 1،080 ފޫޓު ހުރި މި ޓޭންކަރަކީ ލައިބީރިއާގެ ޕޯޓޯ އެމްޕޯރިއޯސް ޝިޕިން ކުންފުނީގެ އުޅަނދެކެވެ.