06 ސެޕްޓެމްބަރ 2020 - 12:07

ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންވާ 10،000 ޓެސްޓު ކިޓް ޔުނިވާސަލް އެންޓަޕްރައިސަސް އިން ހެލްތު މިނިސްޓްރީ އަށް އިއްޔެ ހަދިޔާކޮށްފި އެވެ.
މިއީ ކޮވިޑް ޓެސްޓު ކިޓް ޔުނިވާސަލުން ހަދިޔާކުރި ދެ ވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ވެސް އެ ކުންފުނިން ވަނީ 20،200 ޓެސްޓު ކިޓް ހަދިޔާކޮށްފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވަރުގަދަ ޔުނިވާސަލް އިން މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޓެސްޓްކުރާ ޕީސީއާރް ދެ މެޝިން ވެސް ހަދިޔާކޮށްފަ އެވެ. އޭގެ ކުރިން ޕީޕީއީ އާއި ވެންޓިލޭޓަރު ވެސް ހަދިޔާކުރި އެވެ.
މިހާތަނަށް ރާއްޖޭން 8،486 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2،635 މީހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖޭން 29 މީހަކު ވަނީ މަރުވެފަ އެވެ.