ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ކޮލަމްބޯ (ސެޕްޓެމްބަރު 5) - ސްރީ ލަންކާގެ އިރުމަތިން 270،000 ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ޓޭންކަރުގެ އަލިފާން ކޮންޓްރޯލްކޮށްފި ކަމަށާއި ޓޭންކަރުގައި ރެނދެއްލީ ނަމަވެސް ދެބުރިވެދާނެކަމުގެ ބިރެއް ނެތް ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ޓޭންކަރުގައި ދެ މީޓަރު (ހަ ފޫޓު) ގެ ރެނދެއްލާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ރެނދުހުރީ ފެނުގެ ލެވެލް އިން މަތީގަ އެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ލަންކާގެ ކަނޑުގެ ސިފައިންގެ އޮފިސަރު ރިއާ އެޑްމިރަލް ވައި. އެން. ޖޭރަތުނަ ވިދާޅުވީ ޓޭންކަރުގެ ދަގަނޑުގެ ބައިތަކުގައި ރެނދުލީ އޭގައި ހުރި ތެޔޮ ޓޭންކްތަކުގައި ރޯވެ އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ކަމަށެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 330 މީޓަރު (1،000 ފޫޓު) ދިގު ނިއު ޑައިމަންޑް ޓޭންކަރުގެ އަލިފާން ނިއްވާލި ނަމަވެސް އަދިވެސް ބޯކޮށް ދުން އަރަމުންދާ ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުންޏެވެ. އެވެ. ޓޭންކަރުގައި އަލިފާން ރޯވީ އިންޖީން ރޫމުގައި އެއްޗެއް ގޮވުމަށް ފަހު އެވެ. އެ ހާދިސާގައި ވަނީ ޓޭންކަރުގެ ފިލިޕީންސް ފަޅުވެރިއަކު މަރުވެފަ އެވެ. ޓޭންކަރުގައި ދެން ތިބި 22 ފަޅުވެރިން ވަނީ އެހެން އުޅަނދަކަށް ނަގައިފަ އެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ޓޭންކަރުގައި ރޯވީ ކުވޭތުން ފުރައިގެން އިންޑިއާގެ ޕަރަދީޕް ބަނދަރަށް ދަތުރުކުރަނިކޮށެވެ. އޭރު ޓޭންކަރު ހުރީ ލަންކާގެ އިރުން 60 ކިލޯ މީޓަރު (37 މޭލު) ބޭރުގަ އެވެ. އެކަމަކު ޓޭންކަރު އިއްޔެ ވަނީ ލަންކާއާ 25 ކިލޯ މީޓަރު ކައިރިއަށް ޖެހިފަ އެވެ. ލަންކާއާ ދުރަށް ޓޭންކަރު ޖެއްސުމަށް ތިން ޓަގު ބޯޓަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން ދެ ޓަގަކީ އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތަކެވެ. އަނެއް ޓަގަކީ ޓޭންކަރުގެ ވެރިފަރާތުން ކުއްޔަށް ހިފި އުޅަނދެކެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

އިންޑިއާގެ ކޯސްޓް ގާޑުން ބުނީ ޓޭންކަރުގެ އަލިފާން ކޮންޓްރޯލް ކުރެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. އަލިފާން ނިއްވުމުގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ އިތުރުން ލަންކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް ވެސް ބޭނުންކުރި އެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ ސުދަންތާ ރަނަސިންހަ ވިދާޅުވީ އަލިފާން ނިއްވާލީ ފެނާއި ފޯމް ޖަހައިގެން ކަމަށެވެ.

ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް
ލަންކާ ބޭރުން ރޯވި ތެޔޮ ޓޭންކަރު ދެ ބުރިވެދާނެކަމުގެ ބިރެއް ނެތް

"ޓޭންކަރުގެ ބްރިޖާއި އިންޖީން ރޫމުން ބޭރުގައި ހިފި އަލިފާން ވަނީ ނިންމާލާފައި،" ރަނަސިންހަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޭންކަރުގައި ހުރި ކްރޫޑް ކާގޯ އާއި 1،700 ޓަނުގެ ޑީސަލާ ހަމައަށް އަލިފާން ފޯރާފައި ނުވާ ކަމަށެވެ.

ސްރީ ލަންކާގެ މެރިން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ދަރްޝަނީ ލަހަންދަޕޫރާ ވިދާޅުވީ ބޯޓު ދެބުރި ވެއްޖެ ނަމަ ބޯޓުގެ ވެރި ފަރާތް ކަމަށްވާ ލައިބީރިއާގެ ޕޯޓޯ އެމްޕޮރިއޯސް ޝިޕިންނާއާ ދެކޮޅަށް މައްސަލަ ޖައްސާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓުން ކަނޑަށް ތެޔޮ އެޅިއްޖެ ނަމަ އެ ތެޔޮ ނަގައި ސާފު ކުރުމުގެ ވަސީލަތްތައް ލަންކާގައި ނެތް ކަމަށެވެ.

ނިއު ޑައިމަންޑް ޓޭންކަރުން ތެޔޮ ކަނޑަަށް އެޅިއްޖެ ނަމަ ރާއްޖޭގެ ރަށްތަކުގެ ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެކަމުގެ ކަންބޮޑުވުން ރާއްޖެ އިން ވެސް ވަނީ ފާޅުކޮށްފަ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ މޮރިޝަސްގެ ފަރަށް ޖަޕާނުގެ ތެޔޮ ޓޭންކަރެއް އަރައި 1،000 ޓަނުގެ ތެޔޮ ބޭރުވެފައި ވަނިކޮށެވެ.