04 ސެޕްޓެމްބަރ 2020 - 15:06

ކްރެޑިޓް ނެތަސް އެހެން ނަންބަރުތަކަށް މިސްކޯލް ދެވޭ ހިދުމަތެއް އުރީދޫން އިއްޔެ ތައާރަފު ކޮށްފި އެވެ.
މި ހިދުމަތާއެކު، އުރީދޫގެ ކޮންމެ ނަންބަރަކުން ވެސް ފޯނުގައި ކްރެޑިޓް ނެތަސް އިތުރު އެއްވެސް ޗާޖަކާ ނުލައި ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށް މިސްކޯލް ދެވޭނެ އެވެ. މި ހިދުމަތް ހޯދުމަށް އިތުރު އެއްވެސް ސަބްސްކްރިޕްޝަނެއް ބޭނުމެއް ނުވާނެ އެވެ.
އުރީދޫން ބުނީ، މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ގިނަވެގެން 10 މިސްކޯލް ދެވޭނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވިގޮތުގައި، ކްރެޑިޓް ނެތް ހާލަތެއްގައި ވެސް އާއިލާގެ މީހުންނަށާއި ރަހުމަތްތެރިން އެންމެ ބޭނުންވާ ވަގުތުތަކުގައި ގުޅުވައިދިނުމުގައި އިތުރު ލުޔެއް ލިބޭނެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް އިތުރު ހިދުމަތްތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ކަސްޓަމަރުން އިތުރަށް ގުޅުވާލެވޭނެ ލުއިފަސޭހަ ގޮތްތައް ތައާރަފު ކުރެވޭތޯ. އެގޮތުން މި ތައާރަފު ކުރެވުނު ހިދުމަތާއެކު އަޅުގަނޑުމެންގެ އުއްމީދަކީ ދުރުގައި ތިބި އާއިލާތަކާއި ރައްޓެހިންނާ ގުޅާލުމުގައި އިތުރު ލުޔެއް އަނެއްކާވެސް ލިބިގެންދިއުން،" ނަޖީބު ޚާން ވިދާޅުވި އެވެ.