ކަނެކްޝަން ހުރި ބިލްޑިންތަކަށް އާރުއޯއެލް އިން ހިލޭ ކަނެކްޝަން ގުޅައިދެނީ
ކަނެކްޝަން ހުރި ބިލްޑިންތަކަށް އާރުއޯއެލް އިން ހިލޭ ކަނެކްޝަން ގުޅައިދެނީ

އާރުއޯއެލްގެ ފައިބާ ކަނެކްޝަން މިހާރު ދީފައިވާ އިމާރާތްތަކަށް ހިލޭ ކަނެކްޝަން ގުޅައިދިނުމުގެ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަލަށް 1،060ރ. ގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށާއި 530ރ. ގެ ޕެކޭޖުގެ ކަނެކްޝަން ރިލޮކޭޓް ކުރާ ނަމަ ހިލޭ ގުޅައިދޭނެ އެވެ.

ނަމަވެސް އެއް މަހުގެ ސަބްސްކްރިޕްޝަނަށް ފީ އާއި ޑިޕޮސިޓްގެ ގޮތުގައި ނަގާ ފީ އަދިވެސް ނަގަމުންދާނެ ކަމަށް އެ އާރުއޯއެލް އިން ބުންޏެވެ. މީގެ ތެރެއިން ޑިޕޮޒިޓުގެ ގޮތުގައި ޖަމާ ކުރާ ފީ، ކަނެކްޝަން މެދުކަނޑައިލުމުން އަނބުރާ ލިބޭނެ އެވެ. އަލަށް ކަނެކްޝަން ގުޅުވުމަށް ބޭނުންވާ ޑިވައިސް އަށް ވެސް ފައިސާ ދައްކަން ޖެހޭނެ އެވެ. މި ޑިވައިސް އަށް އެއްފަހަރާ ފައިސާ ދައްކާ ނަމަ ޖީއެސްޓީއާ ނުލައި އަރާނީ 1،515.8ރ. އެވެ. އަދި އިންސްޓޯލްމަންޓަށް ނަގާ ނަމަ އަހަރެއް ވަންދެން މަހަކު ޖީއެސްޓި ނުލައި 147.29ރ. ދައްކަން ޖެހޭނެ އެވެ.

އާރުއޯއެލްގެ ގިގަފައި ޕެކޭޖުތައް އެކްޓިވޭތް ކުރުމަށް http://rol.net.mv/ ނުވަތަ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯނުތައް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.