ކިމް ކާޑޭޝިއަންގެ ގަހަނާތައް ފޭރިގަތް ވާހަކަ އަކީ ދޮގެއް ކަމަށް ބުނި ނޫހާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
ކިމް ކާޑޭޝިއަންގެ ގަހަނާތައް ފޭރިގަތް ވާހަކަ އަކީ ދޮގެއް ކަމަށް ބުނި ނޫހާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ރިއަލިޓީ ޝޯތަކުން މަޝްހޫރުކަން ހޯދި އެމެރިކާގެ ތަރި ކިމް ކާޑޭޝިއަން މި މަހުގެ ކުރީކޮޅު ޕެރިހަށް ގޮސް އުޅެނިކޮށް އޭނާގެ އަތުން ގަހަނާތަކެއް ފޭރި ގަނެ، ވައްކަން ކުރި މައްސަލާއާ ގުޅިގެން އެއީ ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެއީ ކިމް ޖެއްސި "ފޭކް ސްޓަންޓެއް" ކަމަށް ބުނެ ހަބަރު ފެތުރި އޮންލައިން ނޫސް މީޑިއާ ޓޭކް އައުޓާ ދެކޮޅަށް އޭނާ ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ކިމް ކާޑޭޝިއަންގެ ގަހަނާތައް ފޭރިގަތް ވާހަކަ އަކީ ދޮގެއް ކަމަށް ބުނި ނޫހާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
ކިމް ކާޑޭޝިއަންގެ ގަހަނާތައް ފޭރިގަތް ވާހަކަ އަކީ ދޮގެއް ކަމަށް ބުނި ނޫހާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

މިކަން ކިމްގެ ގާނޫނީ ވަކީލު އެންޑްރޫ ބްރެޓްލާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާ ބުނީ އެ ނޫހާ ދެކޮޅަށް ކިމް ކުރި ދައުވާ ނެގީ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އެއްބަސްވެގެން ކަމަށެވެ.

އެގޮތުން މީޑިއާ ޓޭކް އައުޓުން ވަނީ އެ ހާދިސާއާ ބެހޭ ގޮތުން އެ ނޫހުން ގެނެސް ދިން ހަބަރަކީ ހަގީގަތާ ހިލާފަށް ގެނެސް ދިން ހަބަރެއް ކަމަށް އިއުތިރާފުވެފަ އެވެ.

ކިމްގެ އަތުން ވައްކަން ކުރި މައްސަލާގައި އެ ނޫހުން ގެނެސް ދިން ހަބަރުގައި ބުނެފައި ވަނީ އެއީ އަސްލު ހިނގި ހާދިސާއެއް ނޫން ކަމަށާއި އެއީ "ފޭކެއް" ކަމަށެވެ. އަދި އެ ހާދިސާގައި 5.6 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާ ފޭރިގަތް ކަމަށް ބުނެ ފުރަތަމަ ކިމް ޕޮލިހަށް ހުށަހެޅި މައްސަލައަކީ މަކަރާއި ހީލަތުން ފައިސާތަކެއް ހޯދަން ކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މީޑިއާ ޓޭކް އައުޓާ ދެކޮޅަށް ދައުވާ ކުރަން ކިމް ނިންމުން އެ ހަބަރު ސައިޓުން ނެގުމުގެ އިތުރަށް، އެ ސައިޓުން ވަނީ ކިމްގެ ކިބައިން މައާފަށް އެދި ބަޔާނެއް ވެސް އާންމުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ ޕެރިހުގައި އުޅެނިކޮށް ކިމްގެ އަތުން ވައްކަން ކުރި ހާދިސާއަކީ ހަގީގަތެއް ކަމަށާއި އެއީ ފޭކެއް ކަމަށް ބުނެ ޝާއިއު ކުރެވުނު ހަބަރާ ގުޅިގެން މައާފަށް އެދޭ ކަމަށެވެ.

"މި ނޫހުން ކިމް އާ ބެހޭ ގޮތުން ގެނެސް ދެވުނު ހަގީގަތާ ހިލާފު ހަބަރުގެ ސަބަބުން ކިމް އާއި ކިމްގެ އާއިލާގެ ފަރާތުން މައާފަށް އެދެމެވެ. އަދި ކިމް އަށް ޕެރިހުގައި ދިމާވި ހާދިސާއަކީ ކަންބޮޑުވާ ކަމެއްކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ކިމްގެ އަތުން ވައްކަން ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އޭނާގެ އަތުން ވަގަށް ނެގި ގަހަނާގެ އަގު 11.2 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.