31 އޯގަސްޓް 2020 - 23:02

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 137 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެެރެއިން 96 މީހުންނަކީ ދިވެހިން ކަމަަށާއި އަދި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ދެ މީހަކާއި ނޭޕާލް ދެ މީހެއްގެ އިތުރުން ފިލިޕީންސް މީހަކާއި ރަޝިއާ މީހަކާއި ގާނާގެ މީހަކު ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އަށް މީހަކު ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 7،800 އަށް އަރާފައި ވާއިރު، މި ވަގުތު ޕޮޒިޓިވް ވެފައި ތިބީ 2،600 މީހެކެވެ. ބާކީ 5،100 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވެ އެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 172 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.