ގުޑިއަކާ އެކު ކުއްޖަކު ވައިގެ ތެރެއަށް
ގުޑިއަކާ އެކު ކުއްޖަކު ވައިގެ ތެރެއަށް

ޓައިވާނުގައި ބޭއްވި ގުޑިއެރުވުމުގެ ފެސްޓިވަލެއްގައި ތިން އަހަރުގެ ކުއްޖަކު ބޮޑު ގުޑިއަކާ އެކު ވައިގެ ތެރެއަށް އަަރައިގެން ހިނގައްޖެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އޭގައި ފެންނަނީ ދިގު ފޮތިގަނޑެއް ގޮތަށް އޮތް އޮރެންޖް ކުލައިގެ ގުޑިއާ އެކު ކުއްޖާ ވައިގެ ތެރޭގައި އެގޮތް މިގޮތަށް އެނބުރޭ ތަނެވެ. ނަސީބަކުން، އެ ސަރަހައްދުގައި އެ ވަގުތު ތިބި ބަޔަކު ވަނީ ގުޑި ތިރިވުމުން ވަރަށް މަސައްކަތުން ހިފައި ކުއްޖާ ސަލާމަތްކޮށްފަ އެވެ. މި ހާދިސާގައި ތިން އަހަރުގެ އަންހެން ކުއްޖާގެ މޫނުމަތީ ދެތިން ތަނެއް ކުޑަކޮށް މަށައިގެން ދިއުން ފިޔަވައި ސީރިއަސް އެއްވެސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން ކުއްޖާ ވަނީ ވަރަށް ބޮޑަށް ބިރުގެންފަ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ޝިންޗޫ ސިޓީގެ ނާންލިއޯ ބަނދަރުމަތީގައި ކަމަށެވެ. ގުޑިއާ އެކު ކުއްޖާ ވައިގެ ތެރެއަށް 100 ފޫޓެއްހާ މައްޗަށް އެރި އެވެ.

ކައިގް ފެސްޓިވަލްގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން ސިންޗޫ ސިޓީގެ މޭޔަރު ލިން ޗިހް-ޗީން މާފަށް އެދިވަޑައިގެން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކެއް ނުހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށެވެ.