30 އޯގަސްޓް 2020 - 19:30

މަޖީދީ މަގުގައި ހުންނަ މިލިއަން މާޓުން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނާ މިއަދު އިނާމު ހަވާލުކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ އެ ފިހާރަ ހުޅުވުމާ ގުޅުވައިގެން ބޭއްވި ޕްރޮމޯޝަނެކެވެ. މި މުއްދަތުގައި އެ ފިހާރައިން ވިޔަފާރިކުރި މީހުންގެ ތެރެއިން ތިން ނަސީބުވެރިން ވަނީ ހޮވައިފަ އެވެ. އަދި ކޮންމެ މީހަކަށް އިނާމެއްގެ ގޮތުގައި 100،000ރ. ވަނީ ދީފަ އެވެ.
- ޒަކްވާން ހުސައިން ނާޒިމް.
- ސަމްޝިއްޔާ މުުހައްމަދު ސައީދު.
- ސަރިތާ ގުރުންގް.
މިލިއަން މާޓު ހުޅުވާފައި ވަނީ މަޖީދީމަގު މިލިއަން ބުކްޝޮޕާ ޖެހިގެން މާފަންނު ސަހަރާ ކައިރީގަ އެވެ. މިލިއަން ގްރޫޕުގެ ފަރާތުން ހިންގާ ބުކްޝޮޕްތަތަކީ ވެސް ރާއްޖޭގެ މަގުބޫލު ފިހާރަތަކެކެވެ.
މިލިއަން ގްރޫޕުން ވަނީ މީގެ ކުރިން ވެސް އެ ކުންފުނީގެ އެކި ފިހާރަތަކުގައި ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.