30 އޯގަސްޓް 2020 - 13:23

ލ. އިސްދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ބުރާސްފަތި ދުވަހު މަސައްކަތް ފަށައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި ޕްރޮޖެކްޓުގައި، 27،129 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރުން 230 މީޓަރުގެ އެއްގަމު ތޮށިލުމާއި 208 މީޓަރުގެ ބޭރު ތޮށި ލާނެ އެވެ. އަދި 98 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1،560 އަކަމީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓު ހެދުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.