ބަތަލާ ކޭޓް ބެކިންސޭލްގެ ކައިވެނި ރޫޅެނީ، ވަރީގެ މައްސަލަ ކޯޓަށް
ބަތަލާ ކޭޓް ބެކިންސޭލްގެ ކައިވެނި ރޫޅެނީ، ވަރީގެ މައްސަލަ ކޯޓަށް

އިނގިރޭސިވިލާތަށް އުފަން މަޝްހޫރު ބަތަލާ ކޭޓް ބެކިންސޭލް އާއި ފިރިމީހާ އަދި ޑައިރެކްޓަރު ލެން ވައިސްމަން ވަކިން އުޅޭތާ އަހަރެއްހާ ދުވަސް ފަހުން، ވަރީގެ މައްސަލަ ލެން ކޯޓަށް ހުށަހަޅައިފި އެވެ.

ބަތަލާ ކޭޓް ބެކިންސޭލްގެ ކައިވެނި ރޫޅެނީ، ވަރީގެ މައްސަލަ ކޯޓަށް
ބަތަލާ ކޭޓް ބެކިންސޭލްގެ ކައިވެނި ރޫޅެނީ، ވަރީގެ މައްސަލަ ކޯޓަށް

އެ ދެ މީހުން 2004 ގައި ކުރި ކައިވެނީގައި މައްސަލަތައް ޖެހެން ފެށީ، ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި، ވަކިން އުޅޭތާ 11 މަސް ފަހުންނެވެ.

ވަރީގެ މައްސަލަ ލެން، 43، ކޯޓަށް ހުށަހެޅީ، ދެ މީހުންނަށް އަލުން ސުލްހަވެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އާއި ކޭޓް، 43، އާ އެއްކޮށް ދެން ލެން އުޅެން ބޭނުން ނުވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ޕާލް ހާބާ" އާއި "ސެރެންޑިޕިޓީ" ފަދަ ފިލްމްތައް ކުޅެފައިވާ ކޭޓާއި ލެން ލޯބީގެ ގޮތުން ގުޅުނީ ލެން 2003 ވަނަ އަހަރު ޑައިރެކްޓް ކުރި "އަންޑަވޯލްޑް" ގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ.

އަހަރެއްހާ ދުވަސް ފަހުން 2004 ގައި ކައިވެނިކޮށް، 12 އަހަރު ފަހުން ކައިވެނި ރޫޅައިލާ އިރު އެ ދެ މީހުންނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ކޭޓް 1995-2003 އަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު މައިކަލް ޝޯން އަށް އަންހެން ދަރިއަކު ލިބިފައިވެ އެވެ.

އެ ދެ މީހުން ކައިވެންޏެއް ނުކުރެ އެވެ. ލިލީ ޝީން، 17، އަކީ ކައިވެނިން ބޭރުން ދެ މީހުންނަށް ލިބިފައިވާ ދަރިއެކެވެ.