31 އޯގަސްޓް 2020 - 09:15

މިހާތަނަށް އެންނެ ގިނަ ލައިކްސް ލިބުނު ޓްވީޓްގެ މަގާމު، ހޮނިހިރު ދުވަހު ކެންސަރު ބަލީގައި މަރުވި ހޮލީވުޑްގެ އެކްޓަރު ޝާޑްވިކް ބޯޒްމަންގެ މަރު އިއުލާންކުރަން އޭނާގެ ޓްވިޓާ ހޭންޑްލް އިން ކުރި ޓްވީޓަށް ލިބިއްޖެ އެވެ.
މިކަން ޓްވިޓާ އިން ވެސް ފާހަގަކޮށް އާދީއްތަ ދުވަހު #ވަކެންޑާފޯއެވާ ވެސް ހިނަމައި ކުރި ޓްވީޓެއްގައި ބުނީ މިއީ 2018 ގައި ނުކުތް ކާމިޔާބު ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ޓައިޓްލް ރޯލް ކުޅުނު 42 އަހަރުގެ އެކްޓަރަށް ދެވޭ ޓްރިބިއުޓެއް ކަމަށެވެ. ޓްވިޓާގެ މެޓްރިކްސް ބޯޑުގައި މި ޓްވީޓަށް 5.7 މިލިއަން ލައިކްސްއާ އެކު އެންމެ ކުރި ލިބިފައިވެ އެވެ.
އޭނާ ކޮލޯން ކެންސަރާ ހަނގުރާމަ ކުރަމުންދާތާ ހަތަރު އަހަރު ފަހުން މަރުވި ވާހަކަ ހިއްސާކުރަން އާއިލާގެ ބަޔާނަކާ އެކު ކުރި ޓްވީޓަށް ލިބުނު ލައިކްސްގެ އަދަދު މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ އެވެ.
މީގެ ކުރިން އެންމެ ގިނަ ލައިކްސް ލިބުނު ޓްވީޓަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އޮގަސްޓް 13، 2017 ގައި ކުރެއްވި ޓްވީޓަކަށެވެ. ކުޑަކުދިންތަކެއް ކުޑަދޮރެއްގައި ކައިރީގައި ތިބޭ އިރު، އެ ކުދިންނާ ކައިރި އަށް އޮބާމާ ހުއްޓިވައިގެން ހުންނަވާ މަންޒަރު ފެންނަ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓް ބިނާކޮށްފައި ވަނީ ނަސްލީ ތަފާތުކުރުންތަކުގެ މައްވޗަށެވެ. އެ ޓްވީޓަށް 4.3 މިލިއަން ލައިކްސް ލިބިފައިވެ އެވެ.